ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ނ. މާފަރު ޞިއްޙީމަރުކަޒު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

ނ. މާފަރު ޞިއްޙީމަރުކަޒު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން މިހޮސްޕިޓަލުން ކުރި ނަންބަރު: NAH-A/2014/10ފ(25 ސެޕްޓެންބަރު 2014) އިޢުލާނާ ގުޅިގެން އިޖާބަ ދެއްވާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެއިއުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި ޞިއްޙީމަރުކަޒު މަރާމާތުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 އޮކްޓޫބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00 އަށް ނ.އަތޮޅު ހޮސްޕިޓަލް ނުވަތަ މިނިސްޓްރީ އޮފް ހެލްތަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 އޮކްޓޫބަރު 2014 އާދީއްތަ ދުވަހުގެ 14:00 އަށް ނ.އަތޮޅު ހޮސްޕިޓަލަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ފޮނުވޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

22 ޛުލްޙިއްޖާ 1435

16 އޮކްޓޫބަރު 2014
ހޯދާ