ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
ޓްރޮފީ އާއި މެޑަލް އަދި ސޭޝްތަކެއް ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

މިސެންޓަރުގެ 2014 ވަނަ އަހަރުގެ އިނާމު ދިނުމަށް ޓްރޮފީއާއި މެޑަލް އަދި ސޭޝްތަކެއް، މިސެންޓަރުން ދެއްވާ އިރުޝާދާ އެއްގޮތަށް އަމިއްލަ ތަކެތީގައި ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް:

  • ކޯޓޭޝަނުގައި ޖީ.އެސް.ޓީ ވަކިން އެނގޭގޮތަށް މުޅިޖުމްލަ އަގު ބަޔާންކޮށްފައި އޮންނަންވާނެއެވެ
  • އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.
  • އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅުއްވޭނީ އެންމެ އަންދާސީހިސާބެކެވެެ.
  • ހުށަހަޅާ ފަރާތުގެ މަޢުލޫމާތު: ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތާ ގުޅިގެން ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު ހިމަނަންވާނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • މީގެކުރިން ކުރެއްވި މިބާވަތުގެ މަސައްކަތުގެ ލިޔުމެއް
  • ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް ހުށަހެޅުން
  • އަމިއްލަ ފަރާތެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކޮށްފައިވާ ސެޓުފިކެޓު އޮފް ރަޖިސްޓްރޭޝަނުގެ ކޮޕީ
  • އިތުރު ސަޕޯޓިންގ ލިޔުމެއްވާނަމަ ހުށަހެޅުން

ޕޮއިންޓް ދެވޭގޮތް:

  • އަގަށް: %70
  • ތަޖްރިބާ: %20
  • މުއްދަތު:

ތަޖުރިބާއަށް ބަލައި ޕޮއިންޓް ދެވޭނެ މިންގަނޑު:  

މަސައްކަތުގެ އަދަދު

ޕޮއިންޓް

1 - 5

05

6 - 10

10

11 - 15

15

16 ނުވަތަ އެއަށްވުރެ މަތި

20

 

 

 

 

މުއްދަތަށް ބަލައި ޕޮއިންޓް ދެވޭނެ މިންގަނޑު:

ދުވަހުގެ އަދަދު

ޕޮއިންޓް

02

10

04

05

 

 

 

ނޯޓް: މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނަށް ލިބިގެންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 21 އޮކްޓޫބަރު 2014 ވާ އަންގާރަ ދުވަހުގެ 11:00 އަށް ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ. އަދި ކޯޓޭޝަން ހުޅުވުމަށް ހަމަޖެހިފައިވަނީ 26 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. މިގަޑިއަށްފަހު ލިބޭ ހުރިހާ ކޯޓޭޝަންތައް ބާޠިލުވާނެއެވެ.

22 ޛުލްޙިއްޖާ 1435

16 އޮކްޓޫބަރު 2014
ހޯދާ