ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ސްކައުޓް އެސެމްބްލީގެ މަޤާމުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުމާބެހޭ

2014ވަނަ އަހަރުގެ ސްކައުޓް އެސެމްބްލީގައި އިންތިޚާބުކުރުމަށް ހަމަޖެހިފައިވާ މަޤާމުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުމާބެހޭ

28 އޮގަސްޓު 2014ވަނަ ދުވަހު މިއެސޯސިއޭޝަނުން ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ SAM/ANCE/2014/05 ނަންބަރު އިޢުލާނާ ބެހޭގޮތުން ދަންނަވަމެވެ.

ސްކައުޓް އެސޯސިއޭޝަނުގެ މަޤާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 09 އޮކްޓޫބަރު 2014ވަނަ ދުވަހުގެ 14:00 ކަމަށް އެއިޢުލާނުގައި އޮތްނަމަވެސް، މަޤާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި 16 އޮކްޓޫބަރު 2014ވަނަ ދުވަހުގެ 14:00އަށް އިތުރުކޮށްފައިވާ ވާހަކަ ދެންނެވީމެވެ. މިބަދަލު ގެނެވިފައިވަނީ، ބަރަކާތްތެރި އަޟްޙާ ޢީދާ ގުޅިގެން އައި ބަންދުދުވަސްތައް އެމުއްދަތުގެ ތެރެއަށް އައުމުގެ ސަބަބުން މަޤާމުތަކަށް ކުރިމަތިލުމަށް ގަސްދުކުރައްވާ ފަރާތްތަކަށް އިތުރު މުހުލަތު ދިނުމަށްޓަކައެވެ.

ވީމާ، ދަންނަވަމެވެ. މިއެސޯސިއޭޝަންގެ މަޤާމުތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން، 16 އޮކްޓޫބަރު 2014ވަނަ ދުވަހުގެ 14:00ގެ ކުރީން މިއެސޯސިއޭޝަނަށް ނަން ހުށަހެޅުއްވުން އެދެމެވެ. ނަން ހުށަހަޅުއްވާ ސިޓީއާއެކު، ވަނަވަރު އަންގައިދޭ ލިޔުން އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ފޮނުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މި ދެންނެވި ސުންގަޑީގެ ފަހުން ހުށަހަޅުއްވާ ނަންތައް ބަލައިނުގަނެވޭނޭ ވާހަކަވެސް ދެންނެވީމެވެ.

އަދި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއެސޯސިއޭޝަންގެ 3317514 ނަންބަރު ފޯނުން، ސްކައުޓް އެގްޒެކެޓިވް، އަލްފާޟިލް ޙުސައިން މުޙައްމަދު ޙަނީފާ ގުޅުއްވުން އެދެމެވެ.

09 އޮކްޓޫބަރު 2014
ހޯދާ