ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ކޭޓަރިންގގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މަސައްކަތުގެ ތަފުސީލު

30، 29، 28 އޮކްޓޫބަރު 2014 މި ދުވަސްތަކުގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ 2014 ވަނަ އަހަރުގެ ސިވިލް ސަރވިސް އެނުއަލް ކޮންފަރެންސްގެ ބައިވެރިންނަށް ހެނދުނުގެ ސައި، މެންދުރުގެ ކެއުން، ހަވީރުގެ ސައިގެ ކޭޓަރިންގގެ ޚިދުމަތްދިނުން. މި ކޮންފަރެންސްގެ ފުރަތަމަ ސެޝަންގެ ބައިވެރިންގެ އަދަދަކީ 150 އެވެ. އަދި ދެން ހުރި ސެޝަންތަކުގެ ބައިވެރިންގެ އަދަދަކީ 100 އެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 13 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ 12:00 ގައި ސިވިލް ސަރވިސް ކޮމިޝަންގެ އިދާރާ (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުން

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 15 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 12:00 ގައި ސިވިލް ސަރވިސް ކޮމިޝަންގެ އިދާރާ (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:

  • ފޯން: 3307314/3303647
  • ފެކްސް: 3303648
  • އީމެއިލް: [email protected]
  • ވެބްސައިޓް: www.csc.gov.mv
02 އޮކްޓޫބަރު 2014
ހޯދާ