ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިލީގު ކޮލިފައިންގ 3 ވަނަ ޑިވިޜަންގެ ފުޓްބޯޅަ މުބާރާތު

އިއުލާނު

6 ނޮވެންބަރު 2014 ގައި ފަށާ ގޮތަށް ހަމަޖެހިފައިވާ، ދިވެހިލީގު ކޮލިފައިންގ 3 ވަނަ ޑިވިޜަންގެ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ބޭނުންވާ، މިއެސޯސިއޭޝަންގެ މެންބަރު ކުލަބު، ޖަމުއިއްޔާ ޖަމާއަތްތަކާއި އަދި އެސޯސިއޭޓް މެންބަރު ކުލަބު ޖަމުއިއްޔާ ޖަމާއަތްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، 20 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން އެފް.އޭ.އެމް އަށް ހުށަހެޅުއްވުން އެދެމެވެ. 

މިމުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި، މުބާރާތުގެ ގަވާއިދު 8 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުން ފެށިގެން، މިއެސޯސިއޭޝަނުން ލިބެންހުންނާނެއެވެ.

އެފް.އޭ.އެމްގެ މެންބަރުޝިޕް ކުލަބު ޖަމިއްޔާ، ޖަމާއަތްތައް ފިޔަވައި އެސޯސިއޭޓް މެންބަރު ކުލަބު ޖަމިއްޔާ، ޖަމާއަތްތަކަށް މިމުބާރާތުގައި ބައިވެރިވެވޭނީ -/3000ރ (ތިންހާސް) ރުފިޔާގެ ފިއެއް އެފް.އޭ.އެމް އަށް ދެއްކުމަށް ފަހުގައެވެ.

01 އޮކްޓޫބަރު 2014
ހޯދާ