މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ސ.ފޭދޫ ނުވަތަ ސ.މަރަދޫފޭދޫ ނުވަތަ ސ.މަރަދޫން ގެއެއް ކުއްޔަށް ހިފުމަށް

މިއޮފީހުގެ ބޭނުމަށް ސ.ފޭދޫ ނުވަތަ ސ.މަރަދޫފޭދޫ ނުވަތަ ސ.މަރަދޫން ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރި ނަންބަރު IUL)14-A3/1/2014/99) އިޢުލާނަށް އަންދާސީހިސާބު ހުށަހަޅަން ހާޒިރުވީ އެންމެ ފަރާތަކުން ކަމަށްވާތީ، އެއިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 30 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 13:00 އަށް ސައުތު ރީޖަނަލް ކަސްޓަމްސް ހެޑްއޮފީސް (މޯނިންގވާދީ / ސ.މަރަދޫ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ސައުތު ރީޖަނަލް ކަސްޓަމްސް ހެޑްއޮފީސް (މޯނިންގވާދީ / ސ.މަރަދޫ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

28 ޛުލްޤަޢިދާ 1435

23 ސެޕްޓެންބަރު 2014
ހޯދާ