މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
200 ގެ 02 އެކްސްކަވޭޓަރ ކުއްޔަށް ހިފުން

މި އިދާރާގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުގެ ކުނިކޮށިތަކުގައި ބޭނުންކުރުމަށް 200 ގެ 02 އެކްސްކަވޭޓަރ ކުއްޔަށް ހިފުމަށް ފަރާތެއް ހޯދަން ބޭނުންވެއެވެ.       

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތާރީޚު

ގަޑި

ތަން

ދުވަސް

މަޢުލޫމާތު ސާފުކުރެއްވުމަށް

30 ސެޕްޓެންބަރު 2014

11:30

މާލޭ ސިޓީހޯލް

އަންގާރަ

އަގު ހުށަހެޅުއްވުމަށް

09 އޮކްޓޫބަރު 2014

11:30

މާލޭ ސިޓީހޯލް

ބުރާސްފަތި

އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައެއްނުގަނެވޭނެއެވެ.

02 ޛުލްޙިއްޖާ 1435

23 ސެޕްޓެންބަރު 2014
ހޯދާ