މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމާ ބެހޭ

މި ރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފީމެވެ.

1. ގޯއްޗަށް އެދުމުގައި ޢަމަލު ކުރަންވީ ގޮތް:-

  • ހުޅުވާލެވިފައިވާ މުއްދަތުގެ ތެރޭގައި ކައުންސިލުގެ އިދާރާއިން ދޫކުރާ "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު" ނެގުން.
  • ފޯމު ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން ފޯމު ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެއްޗާއެކު ފޯމު ހުށަހެޅުން.

2. ގޯތި ދޫކުރާ ސަރަޙައްދުތައް:-

1 ވަނަ ސަރަޙައްދު (20 ގޯތި)

-  ރ. މާކުރަތު އަދަ އެވެ ކިޔާ ގޯތީގެ ހުޅަނގު ބުލޮކުން 08 ގޯތި 2021 އަކަފޫޓުގެ، (47 ފޫޓު 43x ފޫޓު)

-  ރ. މާކުރަތު އަދަ އެވެ ކިޔާ ގޯއްޗާއި ދޯދި އެވެ ކިޔާ ގޯތި ހިމެނޭ ބުލޮކުގެ ދެކުނުން އިންވެގެން 4 ގޯތި 2046 އަކަފޫޓު، (46.6 ފޫޓު 44x ފޫޓު)

-  ރ. މާކުރަތު ނިރު އެވެ ކިޔާ ގޯތީގެ ހުޅަނގު ބުލޮކުން 08 ގޯތި 2046 އަކަފޫޓު، (46.6 ފޫޓު 44x ފޫޓު)

2 ވަނަ ސަރަޙައްދު (22 ގޯތި)

-  ރ. މާކުރަތު ވިލް، ހިޔަ، އިރަމް އެވެ ކިޔާ ގޯތި ހިމެނޭ ބުލޮކުގެ ދެކުނު ބުލޮކުން 08 ގޯތި 2158 އަކަފޫޓު، (56 ފޫޓު 36.9x ފޫޓު)

-  ރ. މާކުރަތު ވިލް، ހިޔަ، އިރަމް އެވެ ކިޔާ ގޯތި ހިމެނޭ ބުލޮކުގެ ދެކުނު ބުލޮކުން 01 ގޯތި 2090 އަކަފޫޓު، (56.6 ފޫޓު 37.4x ފޫޓު)

-  ރ. މާކުރަތު ވިލް، ހިޔަ، އިރަމް އެވެ ކިޔާ ގޯތި ހިމެނޭ ބުލޮކުގެ ދެކުނު ބުލޮކުން 01 ގޯތި 2053 އަކަފޫޓު، (55.6 ފޫޓު 37.4x ފޫޓު)

-  ރ. މާކުރަތު ވިލް، ހިޔަ، އިރަމް އެވެ ކިޔާ ގޯތި ހިމެނޭ ބުލޮކުގެ ދެކުނު ބުލޮކުން  01 ގޯތި 2016 އަކަފޫޓު، (54.6 ފޫޓު 37.4x ފޫޓު)

-  ރ. މާކުރަތު، މަދޮށިމާގޭ އާމިނަތު ޢަޒުރާ އާއި ރ. މާކުރަތު ދިލާސާގޭ އަޙްމަދު ލިޔާޤަތަށް ދޫކޮށްފައިވާ ގޯތި ހިމެނޭ ބުލޮކުގެ ދެކުނުން އޮތް ބުލޮކުން 10 ގޯތި 2156 އަކަފޫޓުގެ (56 ފޫޓު 38.6x ފޫޓު)

-  ރ. މާކުރަތު، ޑްރީމީލައިފް އެވެ ކިޔާ ގޯތީގެ ހުޅަނގުން އިންވެގެން އޮތް 1 ގޯތި 2170 އަކަފޫޓުގެ (31 ފޫޓު 70x ފޫޓު)

3 ވަނަ ސަރަޙައްދު (30 ގޯތި)

-         ރ. މާކުރަތު، ވޭވްސް އެވެ ކިޔާ ގޯތީގެ ހުޅަނގުން 8 ގޯތި 2000 އަކަފޫޓުގެ ، (40 ފޫޓު 50x ފޫޓު)

-         ރ. މާކުރަތު، ހިޔާވަހި އެވެ ކިޔާ ގޯތީގެ ހުޅަނގުން 8 ގޯތި 2000 އަކަފޫޓުގެ ، (40 ފޫޓު 50x ފޫޓު)

-         ރ. މާކުރަތު ސްޕޯޓްސް ކުލަބަށް ދޫކޮށްފައިވާ ގޯތީގެ ހުޅަނގުން 8 ގޯތި 2000 އަކަފޫޓުގެ، (40 ފޫޓު 50x ފޫޓު)

-         ރ. މާކުރަތު، ކައުޘަރު އެވެ ކިޔާ ގޯތީގެ ހުޅަނގުން 4 ގޯތި 2000 އަކަފޫޓުގެ ، (40 ފޫޓު 50x ފޫޓު)

-         ރ. މާކުރަތު، ހަވާއީ އެވެ ކިޔާ ގޯތީގެ އުތުރުން އިންވެގެން 2 ގޯތި 2000 އަކަފޫޓުގެ، (40 ފޫޓު 50x ފޫޓު)

  • މިބުރުގައި ދޫކުރެވޭ ގޯތީގެ ޖުމުލަ: 72 ގޯތި

3. ގޯއްޗަށް އެދި ކުރިމަތިލެވޭ މީހުންގައި ހުންނަންޖެހޭ ޝަރުޠުތައް:-

(1)   ދިވެހިރައްޔިތެއް ކަމުގައިވުން.

(2)   ޢުމުރުން 21 އަހަރުވެފައިވުން.

(3)   ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައި ނެތުން.

(4)   ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަފޫޓަށްވުރެ ބޮޑުބައެއް ލިބިފައިނެތުން،

(5)   ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން. އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި މީހަކަށްދީ ނުވަތަ ވިއްކާފައި ނުވުން.

(6)   ރާއްޖޭގެ އެއްވެސް ރަށަކުން މީގެ ކުރިން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑުބައެއް ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި މީހަކަށްދީ ނުވަތަ ވިއްކާފައި ނުވުން.

(7)   ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބެން ނެތުން. ނުވަތަ ލިބެން އޮތްނަމަ އެތަން ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން.

(8)   ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ކުޑަ ބައެއް ލިބި، އެބިމަކީ ވަކިން ޢިމާރާތްކޮށްފައިވާ ނުވަތަ ވަކިން ޢިމާރާތްކުރެވޭ ގޮތަށް ބައިކުރެވިފައިވާ ބިމެއްނަމަ އެތަން ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން (މިގޮތަށް ދޫކޮށްލުމަށް އެއްބަސްވާ ފަރާތްތަކަށް ލިބޭ ގޯތި ރަޖިސްޓަރީކޮށް ދެވޭނީ ތަރިކައިން ލިބެން އޮތް ގޯތި ނުވަތަ ލިބެން އޮތްބައި ސަރުކާރަށް ދޫކޮށްލުމަށް ޝަރީޢަތުން ނިންމެވުމަށްފަހުގައެވެ.)

(9)   ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ރާއްޖޭގެ އެއްވެސް ރަށަކުން ލިބިފައިނެތުން.

(10)  ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތ ފިރިމީހާއަށް 1200 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ރާއްޖޭގެ އެއްވެސް ރަށަކުން ލިބެން ނެތުން.

4. ގޯތި ދިނުމުގެ ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ އިތުރު ޝަރުޠުތައް:

(ހ) ދެމަފިރިންނަށް ކޮންމެ މީހަކަށް ގޯއްޗެއް ނުދެވޭނެއެވެ.

(ށ) މައިންބަފައިން ނިޔައުވެ މައިންބަފައިންގެ ގޯތި ގެދޮރު ލިބޭ މީހުންގެ ތެރެއިން ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ނުލިބޭ މީހުންނަށް ގޯތި ދޫކުރެވޭނީ މައިންބަފައިންގެ ތަރިކައިގެ މައްސަލަ ޝަރީޢަތަށް ހުށަހަޅައި ޝަރީޢަތުން ނިމި އެގޯއްޗެއް ލިބޭ ފަރާތެއް އެނގުމުންނެވެ.

5. ގޯއްޗަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން:-

      - ފޯމު ދޫކުރާނީ 15 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުން ފެށިގެން 25 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 12:00 އަށް ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރު 12:00 އަށް

      - ފޯމު ބަލައިގަތުމަން ހަމަޖެހިފައިވަނީ 28 ސެޕްޓެންބަރު 2014 އިން 14 އޮކްޓޫބަރު 2014 އަށް ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރު 12:00 އަށް

ވީމާ، ދިރިއުޅުމައްޓަކައި ގޯތި ހޯދުމަށް އެދޭ ފަރާތްތަކުގެ ތެރެއިން މަތީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު މި އިދާރާއަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. އަދި މި އިޢުލާނާއެކު ގޯތި ދޫކުރާ ސަރަޙައްދުތަކުގެ ޗާޓު ބެހެއްޓިފައި ހުންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އަދި ދަންނަވަމެވެ. ރ. މާކުރަތު އޮފީހުގެ ނަންބަރު: E9(C)/2011/05ފ(04 ޖަނަވަރީ 2011) އިޢުލާނުން ގޯތި ދޫކުރުމަށް ކަނޑައެޅުނު ސަރަޙައްދުތަކާއި ގޯތިތަކުގެ މިންތަކަށް ބަދަލުތައް އައިސްފައިވާތީ، އެއިޢުލާނާ ގުޅިގެން ހުށަހެޅިފައިވާ ފޯމުތައް ބާޠިލުކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މިހެންކަމުން އެފަރާތްތަކުން ގޯއްޗަށް އެދޭނަމަ އަލުން ފޯމު ނަންގަވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ހުށަހަޅަންޖެހޭނެ ވާހަކަވެސް ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

19 ޛުލްޤަޢިދާ 1435

14 ސެޕްޓެންބަރު 2014
ހޯދާ