މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ރާއްޖޭގައި ހެދޭ ގަސްގަހާގެއްސާއި، ނެތެމުންދާ ގަސް އާލާކޮށް ގެންގުޅޭނެ މަރުކަޒެއް ޤާއިމުކުރުމަށް

ވިލިގިނލީގައި ހާރބޭރިއަމަކާއެކު ރާއްޖޭގައި ހެދޭ ގަސްގަހާގެއްސާއި، ނެތެމުންދާ ގަސް އާލާކޮށް ގެންގުޅޭނެ މަރުކަޒެއް ޤާއިމުކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު

ވިލިގިނލީގައި ހާރބޭރިއަމަކާއެކު ރާއްޖޭގައި ހެދޭ ގަސްގަހާ ގެއްސާއި، ނެތެމުންދާގަސް އާލާކޮށް ގެންގުޅޭނޭ މަރުކަޒެއް ޤާއިމުކޮށް ހިންގާނެ ފަރާތެއް ހޯދުމަށް 3 ޖޫން 2014 ގައި ކުރި IUL)30-J/30/2014/2530) ނަންބަރު އިޢުލާނާ ގުޅިގެން ޕްރޮޕޯޒަލް ހުށަހެޅުއްވި ފަރާތުން މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތުތަކެއް ހުށަހަޅުއްވާފައިނުވާތީ، އެ ޕްރޮޕޯޒަލް ބާޠިލުކޮށް، ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ސެޝަނެއް 23 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 13:00 ގައި ވެލާނާގޭގެ 4 ވަނަ ފަންގިފިލާގައި އޮންނާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ސެޝަނަށް ވަޑައިގަތުމުގެ ފުރުޞަތު ހުޅުވާލަމެވެ.

17 ސެޕްޓެންބަރު 2014
ހޯދާ