މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

މަޤާމު

އޮފީސް އެސިސްޓެންޓް

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: އެސް.އެސް. 2

މުސާރަ

މަހަކު 3,470.00 ރުފިޔާ 

ސަރވިސް އެލަވަންސް

މަހަކު 1,000.00 ރުފިޔާ 

ސެކްޝަން/  އޮފީސް/ ތަން

އެޑްމިން އެންޑް ފައިނޭންސް / ޓްރާންސްޕޯޓް އޮތޯރިޓީ، މާލެ

މަޤާމުގެ މަސްޢޫލިއްޔަތު

އޮފީހުން ފޮނުވާ ސިޓީ، ރިޕޯޓު ފަދަ ތަކެތި ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކޮށް، އޮފީހުން ކުރަން ބޭނުންވާ ކަންކަން ކުރުމުގައި އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠު

1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3- ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %25 އަށްވުރެ މަތިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. އޮފީހުން އެކިއެކި ފަރާތްތަކަށް ފޮނުވާ ސިޓީ، ނޯޓް، ރިޕޯޓު ފަދަ ތަކެތި ހަވާލުކުރަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ހަވާލުކުރުން.

2. އޮފީހުން ބޭނުންވާ ކަންކަމުގައި ބޭންކް، އެމް.އެމް.އޭ، ޑިޕާރޓްމަންޓް އޮފް އިންލެންޑް ރެވެނިއު އަށް ކަނޑައެޅިފައިވާ ވަގުތަށް ދިއުމާއި އޮފީހަށް ބޭނުންވާ ތަކެތި ހޯދުމަށް ފިހާރަތަކަށް ދިއުމާއި، މަރާމާތުކުރަންޖެހޭ ތަކެތި މަރާމާތު ކުރުމަށްޓަކައި ހަވާލުކުރަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ހަވާލުކުރުމާއި، މަރާމާތުކޮށް ނިމުމުން ކަނޑައެޅިފައިވާ ވަގުތަށް އޮފީހަށް ގެނައުން.

3. އޮފީހުގެ އެއްސެކްޝަނުން އަނެއް ސެކްޝަނަށް ނުވަތަ އެއް ޑިޕާޓްމަންޓުން އަނެއް ޑިޕާޓްމަންޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އޮފީސް ތެރެއިން ނިންމަޖެހޭ މުހިންމު ކަންތައްތަކުގައި ޝާމިލްވެ ފައިލްތައް ފަދަ ތަކެތި ކަނޑައެޅިފައިވާ ވަގުތަށް ބަދަލުކުރުން.

ޢިނާޔަތްތައް

-

ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ތަތްކޮށްފައި) ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީގެ ސިޓީއާއި ތަކެތި ބަލައިގަންނަ ކައުންޓަރުންނާއި މިއޮތޯރިޓީގެ ވެބްސައިޓް www.transport.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ސެޓުފިކެޓުތަކާއި، ޓްރާންސްކްރިޕްޓުތަކާއި، އެހެނިހެން ލިޔުންތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ ގުޅޭނެ ނަންބަރު އަދި އީ-މެއިލް އެޑްރެސް ހިމަނާފައި)

ނޯޓް: މި އޮތޯރިޓީގައި ވަޒީފާ އަދާކުރާ މުވައްޒަފަކު މި މަޤާމަށް ކުރިމަތިލާނަމަ ހުށަހަޅުއްވަން ޖެހޭނީ ހަމައެކަނި ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި

18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީ (ހުރަވީ ބިލްޑިންގް، އަމީރު އަޙްމަދު މަގު) އަށް ހުށަހެޅުއްވުން އެދެމެވެ.

އިންޓަވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަސް ތެރޭގައި (ބަންދު ދުވަސްތައް ނުހިމަނައި) އިންޓަވިއު ބޭއްވޭނެއެވެ. އިންޓަވިއު ބޭއްވޭނީ ޓްރާންސްޕޯޓް އޮތޯރިޓީ / ހުރަވީ ބިލްޑިންގ 01 ވަނަ ފަންގިފިލާ، މާލެ

އިތުރު މަޢުލޫމާތު

1. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓު ކުރެވޭ 10 ފަރާތްތަކަށެވެ.

2. ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު އިންޓަވިއު އަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި އިންޓަވިއު ބާއްވާ ތާރީޚުގެ 24 ގަޑިއިރު ކުރިން ލިޔުމުން އެންގޭނެއެވެ.

3. މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3343420 / 3343421 އެވެ. ފެކްސް ނަންބަރަކީ 3343434 އެވެ.

04 ސެޕްޓެންބަރު 2014
ހޯދާ