ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ފަޅުވެރި

ބޭނުންވާ އަދަދު: 01 ( އެކެއް )

ފަޅުވެރި

މަޤާމު:

 

ކޮންޓްރެކްޓް ( 1 އަހަރު )

ބާވަތް:

ސަރވިސް އެލަވަންސް: 1000.00 ރުފިޔާ

3470.00 ރުފިޔާ

މުސާރަ:

މަސައްކަތް ކުރަންޖެހޭ ތަން: ޅ. އަތޮޅު ހޮސްޕިޓަލް

- ސަޕޯރޓް ސްޓާފް ( ގްރޭޑް 2 )

- އެސް.އެސް 2

ކްލެސިފިކޭޝަން / ރޭންކް

- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ.

- މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.

ޝަރުޠު:

- މި މަޤާމަށް މީހަކު ހޮވުމައި ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ޑީ ކެޓަގަރީން ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަޤާމަށް މީހަކު ހޮވުމައި އިސްކަންދޭނެ ކަންތައްތައް:

- ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާއާއި، ފެންވަރާއި، ހުނަރު، ޤާބިލުކަމާއި ސިފަތަކަށް ބަލައި އިންޓަވިއު އިން އެންމެ މަތީ މާކްސް ހޯދާ މީހެކެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހޮސްޕިޓަލުން ރާވާ ގޮތެއްގެ މަތިން ލޯންޗް / ދޯނީގައި ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވުން

- ނެވިމީހާ ނެތިއްޖެ ޙާލަތެއްގައި ލޯންޗް / ދޯނީގައި ކުރަންޖެހޭ ދަތުރުތައް ކުރުން.

- ލޯންޗް / ދޯނީގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅު އެޅުން.

- ދަތުރަށް ފެށުމުގެ ކުރިން އުޅަނދު ދޮވެ ސާފުކޮށް ދަތުރަށް ތައްޔާރު ކުރުމުގެ ގޮތުން އުޅަނދުގެ ވައުތައް ހަމައަށް ހުރިތޯއާއި، ފެން އަދި ދަތުރަށް ކޮންމެހެން ބޭނުންވާ ހުރިހާ ތަކެއްޗެއް ހަމައަށް ހުރިތޯބަލައި ޗެކުކުރުން.

- ލޯންޗު / ދޯނީގައި ގެންގުޅޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

- ލޯންޗް / ދޯނީގެ އިންޖީނު ސާފުކޮށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ތެޔޮބަދަލުކޮށް ހިންގައި ބެލެހެއްޓުމުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރުން.

- ލޯންޗް / ދޯނީގެ އިންޖީނަށް ނުވަތަ އެހެންވެސް އެއްޗަކަށް ދިމާވާ މައްސަލަތައް ރިޕެއަރކުރުން ފަދަ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރުން.

- ލޯންޗް / ދޯނި ސާފުކުރުމާއި ފަޅުގައި އޮންނައިރު ބެލެހެއްޓުމާއި އެހެން މުވައްޒަފުންނާއި އެހީތެރިވުން.

- ލޯންޗް / ނުވަތަ ދޯނީގައި ދަތުރުކުރާ މީހުންނަށް އެހީތެރިކަން ދިނުމާއި ރީތިބަހުން ވާހަކަދެއްކުމާއި އިޙްތިރާމްކުރުން.

- ލޯންޗް / ދޯނި އެހެލައި ބޭލުމާއި ދަވާދުލައި ރީތިކުރުމުގެ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވެ މަސައްކަތް ކުރުން.

- ސަރުކާރުގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ލޯންޗުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުން

- ލޯންޗް / ދޯންޏަށް ދިމާވާ މައްސަލަތައް ބަލައި ދުވަހުން ދުވަހަށް ރިޕޯޓު ކުރުން.

- ދަތުރުނުކުރާ ބަންދުނޫން ދުވަސްތަކާއި ގަޑިތަކުގައި އިދާރާއިން އަންގާ ގޮތެއްގެ މަތިން ރަސްމީ ގަޑީގައި ހޮސްޕިޓަލްގެ އެހެން މަސައްކަތްތަކުގައި ބައިވެރިވުން.

- އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަން ދިނުމާއި ސަލާމްބުނާ މުވައްޒަފުންނާއި ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެމަތިން ކުރުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:

- އިތުރުގަޑީގައި ކުރާ މަސައްކަތަށް އިތުރުގަޑީގެ ފައިސާ އާއި ބަންދުދުވަހެއްގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުޞޫލުން ބަންދުދުވަހުގެ އެލަވަންސް.

- ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް.

- ހަމަޖެހިފައިވާ އުޞޫލުން ހާރޑްޝިޕް އެލަވަންސް.

އިތުރު ޢިނާޔަތްތައް:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ޕާސްޕޯޓް ސައިޒްގެ ފޮޓޯއާއެކު ( ފޯމު ޅ. އަތޮޅު ހޮސްޕިޓަލްގެ ކައުންޓަރުންނާއި އަދި ސިވިލް ސަރވިސް ކޮމިޝަންގެ www.csc.gov.mv ވެބްސައިޓުން ލިބެންހުންނާނެއެވެ. )

- ވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ އާއި ވަނަވަރު.  

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ނުވަތަ އެކްރެޑިޓް ކޮށްދޭނެ ކަމަށް ބަޔާންކުރާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުން ).

- ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގުރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.

- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ ލިޔުން.

- ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ގޮތަށް ދޫކޮށްފައިވާ ލިޔުންތައް.

ހުށަހަޅުއްވަން ޖެހޭ ތަކެތި:

- މި މަޤާމަށް ކުރިމަތިލާ މީހުންނާ އިންޓަވިއު ކުރެވޭނީ ޅ. އަތޮޅު ހޮސްޕިޓަލްގައެވެ.

- މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ މި މަޤާމަށްއެދި އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރިޚުން ފެށިގެން 02 ނުވަތަ 03 ހަފްތާގެ ތެރޭގައެވެ.

- އިންޓަވިއު އަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

އިންޓަވިއު ކުރުން:

- މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުމުގެ އެންމެފަހުގެ ތާރީޚަކީ 11 ސެޕްޓެންބަރު 2014 ދުވަހުގެ 15:00 އެވެ. ވަޒީފާއަށް އެދި ފޮނުވާ ސިޓީއާއި ތަކެތި ބަލައިގަންނާނީ ޅ. އަތޮޅު ހޮސްޕިޓަލުންނެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މި ހޮސްޕިޓަލްގެ ނަންބަރު 6620048 ނަންބަރު ފޯނާ އެވެ.

ސުންގަޑި އަދި އިތުރު މަޢްލޫމާތު:

06 ޛުލްޤަޢިދާ 1435

01 ސެޕްޓެންބަރު 2014
ހޯދާ