ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސިވިލް އިންޖިނިއަރ

މަޤާމު: ސިވިލް އިންޖިނިއަރ

ބޭނުންވާ އަދަދު: 01 (އެކެއް)

މުސާރަ: ތަޖުރިބާ އަދި ކޮލިފިކޭޝަނަށް ބެލުމަށްފަހު ދެފަރާތުން އެއްބަސްވާ މުސާރައެއް ކަނޑައެޅޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން: ހެޑްއޮފީސް / މާލެ

ސެކްޝަން: ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް/ޕްރޮޖެކްޓްސް

މަޤާމުގެ ޝަރުޠު:

  1. ސިވިލް އިންޖިނިއަރިންގގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވުން ނުވަތަ ސްޕެޝަލައިޒްޑް ޑިގްރީއެއް ހާސިލު ކޮށްފައިވުން.
  2. ސިވިލް އިންޖިނިއަރިންގގެ ދާއިރާއިން 2 އަހަރާއި 6 އަހަރާ ދެމެދުގެ ތަޖުރިބާ ލިބިފައިވުން.
  3. ދިވެހިރާއްޖޭގެ ސިވިލް އިންޖިނިއަރ ލައިސަންސް އޮތުން.
  4. ޕްރޮޖެކްޓްސް މޭނޭޖްމަންޓުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ކޯޕަރޭޝަންގެ ޕްރޮޖެކްޓްސްތަކުގެ އިންޖިނިއަރިންގ ޑިޒައިން ކުރުމާއި އަދި ޕްރޮޖެކްޓްސް ޑޮކިއުމަންޓް ތައްޔާރުކުރުން.
  2. ޕްރޮޖެކްޓްސްއަށް ހިނގާނެ ޚަރަދުތައް އަންދާޒާ ކުރުމާއި އަދި މަސައްކަތް ކުރިއަށް ގެންދާނެ ތާވަލު އެކުލާވަލުން.
  3. ކޯޕަރޭޝަންގެ ޕްރޮޖެކްޓްސް ޑިޕާރޓްމަންޓަށް އިންޖިނިއަރިންގ ލަފާ ދިނުމާއި އަދި ދިމާވާ މައްސަލަތަކުގައި ހައްލު ހޯދައިދުނުން.
  4. ކޯޕަރޭޝަންގެ ޕްރޮޖެކްޓްސް ޑިޕާރަޓްމަންޓުން ކުރިއަށްގެންދާ އެންމެހައި ޕްރޮޖެކްޓުތައް ކުރިޔަށް ގެންދިއުމުގައި އެހީތެރިވުން.

އުޖޫރައާއި އިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ކޯޕަރޭޝަންގެ ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • އެޓެންޑަންސް އެލަވަންސް އާއި ފުޑް އެލަވަންސް ކޯޕަރޭޝަންގެ ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން ލިބޭނެއެވެ.
 

އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހު ތާރީޚު:

08 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ބޭނުންވާ އެހެނިހެން ލިޔުންތަކާއެކު ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް، 4 ވަނަ ފަންގިފިލާ، ފެން ބިލްޑިންގ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ އަށް ހުށަހެޅުއްވުން އެދެމެވެ.
އީމެއިލުން ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު. ( އެޕްލިކޭޝަން ފޯމު ޓީ.ސީ.އެލްގެ މައި އޮފީހުން ލިބެން ހުންނާނެ )
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރިޑެޓް ކޮށްފައިވާ ކޮޕީ)
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ސީވީ)
  6. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.

އިންޓަވިއު ކުރުން:

  • މި މަޤާމުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއު ކުރެވޭނީ މަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު:

    މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307513 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3307514 އެވެ.

26 އޮގަސްޓް 2014
ހޯދާ