އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

ވަޒީފާގެ ފުރުޞަތު

މަޤާމު:

މަސައްކަތު

ރޭންކް:

އެސް. އެސް 1

ކްލެސިފިކޭޝން:

ސަޕޯޓް ސްޓާފް  ގްރޭޑް 1

އޮފީސް / އިދާރާ:

އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލުގެ އިދާރާ

ސެކްޝަން:

-

ވަޒީފާ އަދާކުރަންޖެހޭ ތަން

ކޯޕަރޭޓް އެފެއާޒް ޔުނިޓް/އއ.މާޅޮހު ކައުންސިލުގެ އިދާރާ

މުސާރަ

-/3،100 ރުފިޔާ

ސަރވިސް އެލަވަންސް:

-/1،000 ރުފިޔާ

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަގާމުގެ ޝަރުޠުތައް:

  1. ލިޔަންކިޔަން ދަތުމާއެކު، މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިސްކުތު އެތެރެ ފޮޅައި، ދޫލަ ސާފުކުރުމާއި، ފެންޑާ ފޮޅައި މޮޕުލުން
  2. ފަންކާތަކާއި، ދޮރުތަކާއި، ދޮރުފަތްތަކުގެ ބިއްލޫރި ފުހެ ސާފުކުރުމާއި، ފަންގިފިލާ ފޮޅައިސާފުކުރުމާއި، އަނދާ ބޮކިތައް ބަދަލުކުރުން.
  3. ވުޟޫކުރާ އިސްކުރުބަރިއާއި ފާޚާނާ ދޮވެ ސާފުކުރުމާއި، ފެންވަޅު ހިއްކައި ސާފުކުރުން.
  4. މިސްކިތު ހަރިންމަތެރެއާއި ވަށައިގެންވާ މަގުތައް ކުނިކަހައި ސާފުކުރުން.
  5. ފުރާޅާއި ދިޔަދޮވި ސާފުކުރުމާއި، މިސްކިތުގެ ތާނގީތައް ސާފުކޮށް، އެ ތާނގީތަކަށް ފެންއެޅުން.
  6. މީގެ އިތުރުން، މަގާމުގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލުން ހަވާލުކުރާ އެންމެހައި ކަންކަން ކުރުން.  

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި، ތަމްރީނު
  2. މަސައްކަތުގެ ތަޖުރިބާ
  3. ލިބިފައިވާ ހުނަރު

އިންޓަރވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި ޕްރެކްޓިކަލްސްއާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު ޖެހިގެން އަންނަ މަސައްކަތު 15 ދުވަހުގެ ތެރޭގައި އއ.މާޅޮހު ކައުންސިލް އިދާރާގައި އޮންނާނެއެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަނޑި:

މި މަގާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާއަށް އެދޭ ފޯމު ހުށަހެޅޭނެ އެންމެފަހު ތާރީޚަކީ، 2014 ސެޕްޓެންބަރު 08 ވާ ހޯމަދުވަހުގެ މެންދުރުފަހު 2:00 އެވެ. ފޯމު ހުށަހަޅާނީ، އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލުގެ އިދާރާއަށެވެ.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ލިބޭނެއެވެ.
  • މަގާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމު، އއ.އަތޮޅު މާޅޮހު ކައުންސިލުގެ އިދާރާއިންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv ން ލިބެން ހުންނާނެއެވެ)
  1. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކު ކުރިމަތިލައިގެން މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  1. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  1. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތައް.
  1. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ، ނަންބަރު6660059 ފޯނާ ގުޅުމުން ލިބޭނެއެވެ. ފެކްސް ނަންބަރަކީ،6660059 އެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

6 ޛުލްޤަޢިދާ 1435

01 ސެޕްޓެންބަރު 2014
ހޯދާ