ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
އެސިސްޓެންޓް މެއިންޓެނަންސް އޮފިސަރ

އެސިސްޓެންޓް މެއިންޓެނަންސް އޮފިސަރ

މަޤާމު:

ޖީ.އެސް 4 (ޖެނެރަލް ސަރވިސް 4) 

ރޭންކް:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ކްލެސިފިކޭޝަން:

ކޯޕަރޭޓް އެފެއާޒް/ މިއުޒިއަމް ސެކިއުރިޓީ އެންޑް މެއިންޓެނަންސް

ސެކްޝަން/ޔުނިޓް:

5,020.00 ރުފިޔާ

މުސާރަ:

މަހަކު 1,500.00 ރުފިޔާ

ސަރވިސް އެލަވަންސް:

01

ބޭނުންވާ އަދަދު:

ދާއިމީ

ގިންތި

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް/ކ.މާލެ

މަޤާމު އޮތް އޮފީސް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް/ މިއުޒިއަމް ސެކިއުރިޓީ އެންޑް މެއިންޓެނަންސް/ ކ.މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަން/ރަށް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  

މަޤާމުގެ ޝަރުޠު:

  1. ނޭޝަނަލް މިއުޒިއަމް ދެ އިމާރާތުގެ މެއިންޓެނަންސްގެ މަސައްކަތް ދުވަހުން ދުވަހަށް ބެލެހެއްޓުން.
  2. ނޭޝަނަލް މިއުޒިއަމްގެ ދެ އިމާރާތަށާއި އިމާރާތުގައި ހަރުކޮށްފައިވާ ތަކެއްޗަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިވޭތޯ ދުވަހުން ދުވަހަށް ބަލައި ލިބޭ ގެއްލުންތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރުން.
  3. ނެޝަނަލް މިއުޒިއަމްގެ ދެ އިމާރާތާއި ސަލްޓަން ޕާކް ސަރަޙައްދުގެ ސާފުތާހިރުކަން ބަލަހައްޓައި ސާފުކުރުމާ ޙަވާލުވެފައިވާ ފަރާތްތަކުގެ މަސައްކަތްތައް ސުޕަވައިޒްކުރުން.
  4. ނޭޝަނަލް މިއުޒިއަމްގެ ދެ އިމާރާތާއި ގޯތިތެރޭގެ ސެކިއުރިޓީގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތް ކުރިޔަށްދާ ގޮތް ބަލައި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް ވެރިންގެ މަޝްވަރާގެ މަތީން އެކަންކަން ރަނގަޅު ކުރުވުން.
  5. ޢިމާރާތުގެ ފެނާއި، ކަރަންޓާއި ނަރުދަމާގެ ނިޒާމަށް ދިމާވާ މައްސަލަތައް ދެނެގަނެ އިސްވެރިންނާއި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުގެ މަތީން އެކަމެއް ރަނގަޅު ކުރުމަށް މަސައްކަތް ކުރުން.
  6. އޮފީސް ސާފުކުރުމާއި އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ސެކްޝަނުން ބަލަހައްޓަންޖެހޭ އެހެނިހެން މަސައްކަތްތަކާ ގުޅޭގޮތުން ހަދާ މަސައްކަތްތަކުގެ އެއްބަސްވުންތައް ބަލަހައްޓައި އެކަމާގުޅޭ އެންމެހާ މަސައްކަތްތައް ކުރުން.
  7. އެކި ފަރާތްތަކާ ހަވާލުކޮށްގެން ކުރެވޭ މަރާމާތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމާއި އެކުރާ މަސައްކަތްތަކުގެ ފުރިހަމަ ތަފްޞީލު ލިޔުންތައް ތައްޔާރު ކުރުން.
  8. ސެކްޝަން/ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

މަޤާމުގެ މަސްއޫލިއްޔަތު:

- މަޤާމުގެ މަސައްކަތްތަކާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސް އާއި އިނާޔަތްތައް ދެވޭނެއެވެ.

އުޖޫރައާއި އިނާޔަތްތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓުގެ ކައުންޓަރުންނާއި ވެބްސައިޓުން: www.heritage.gov.mv އިން ލިބެން ހުންނާނެ).
  2. އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  3. ކޯހެއްގެ ސެޓުފިކެޓު ލިބިފައިނުވާނަމަ ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކޯހެއް އެކްރެޑިޓް ކުރެވޭ ލެވަލް ބަޔާންކޮށްދޭ ލިޔުން.
  4. ވަޒީފާގެ ދާއިރާއާ ގުޅުންހުރި ތަމްރީނެއް ފުރިހަމަކޮށްފައި ވާނަމަ އެކަމުގެ ލިޔުން.
  5. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  6. ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް މުއްދަތާއެކު (ވަޒީފާ އަދާކުރަން ފެށި އަދި ވަކިވި ދުވަސް/މަސް/އަހަރު ސާފުވާނެ ގޮތަށް)
  7. މުއްދަތު ހަމަނުވާ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރު ކޮށްފައިވާ)

ހުށަހަޅަންޖެހޭ ލިޔުންތައް:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އަދި އެކަމާގުޅޭ މަޢުލޫމާތު، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

އިންޓަވިއު ކުރުން:

  • ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މި ވަޒީފާއަށް އެދި ހުށަހެޅިފައިވާ ހުށަހެޅުންތައް ވަޒީފާއަށް އައްޔަނު ކުރުމުގެ ޝަރުޠުތަކާއި، އިޢުލާނުގައިވާ އަސާސީ ޝަރުޠުތައް ފުރިހަމަވޭތޯ ސްކްރީން ކުރެވޭނެއެވެ. މިގޮތުން، ޝަރުޠު ފުރިހަމަނުވާ ހުށަހެޅުންތައް ވަކިކޮށް ނުހޮވޭ ފަރާތްތަކަށް ލިޔުމުން އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ސްކްރީން ކުރުން

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމާއި، ތަޖުރިބާ، އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓު ނުކުރެވޭ ފަރާތްތަކަށް ލިޔުމުން އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ޝޯޓްލިސްޓު ކުރުން

2014 ސެޕްޓެންބަރު 15 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:45 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އަށް (ޤައުމީ ދާރުލްއަސާރު، ޗާންދަނީމަގު).

ވަޒީފާއަށް އެދޭ ފޯމު ފޮނުވަންވީ މުއްދަތު ހަމަވާ ތާރީޚު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3340207 ނުވަތަ 3323206 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3326796 އެވެ.

އިތުރު މަޢުލޫމާތު:

 

6  ޛުލްޤަޢިދާ  1435

01 ސެޕްޓެންބަރު 2014
ހޯދާ