ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމު: ޑިރެކްޓަރ

ބޭނުންވާ އަދަދު: 01

ރޭންކް: އީ.އެކްސް 1

ކްލެސިފިކޭޝަން: ޑިރެކްޓަރ (ގްރޭޑް1)

މުސާރަ: -/8835 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ވަޒީފާއޮތް އޮފީސް: ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން : އެޑްމިން، ބަޖެޓް ފައިނޭންސް މެނޭޖްމަންޓް އަދި ލީގަލް އެފެއާރޒް ސެކްޝަން/ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އެޑްމިނިސްޓްރޭޝަން ސެކްޝަނާއި ބަޖެޓް، ފައިނެންޝަލް މެނެޖްމަންޓް އަދި ލީގަލް އެފެއާޒް ސެކްޝަންގެ ވެރިންނަށް ލަފައާއި އިރުޝާދު ދީގެން އެ ދެ ސެކްޝަނުން ހިންގާ މަސައްކަތްތައް ކަނޑައެޅިފައިވާ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް ހިނގަމުންދާކަން ކަށަވަރުކުރުން.
  2. މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމާއި މުވައްޒަފުން ލެއްވުމާއި ވަކިކުރުމާއި މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ކަންތައް ބެލެހެއްޓުމާއި މުވައްޒަފުންގެ ޕާސަނަލް ފައިލްތައް ބެލެހެއްޓުމާއި އެޕްރައިޒަލް ހެދުމުގެ މަސައްކަތް ބެލެހެއްޓުން.
  3. އޮފީސް ހުޅުވައި ލެއްޕުމާއި، އޮފީހަށް ބޭނުންވާ ތަކެތި ހޯދައި ވަސީލަތްތައް ޤާއިމުކުރުމާއި، އިންވެންޓްރީ އާއި ސްޓޮކް ބެލެހެއްޓުމާއި ލިޔެކިޔުންތައް ބެލެހެއްޓުމާއި އޮފީސް ފޮޅައި ސާފުކުރުމުގެ މަސައްކަތް ގަވާއިދުން ކުރިޔަށްދޭތޯ ބެލުން.
  4. އޮފީހުގެ ބަޖެޓާ ގުޅޭ މަސައްކަތްތަކާއި ރިޕޭމަންޓް ކަލެކްޝަންއާއި ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމުގެ މަސައްކަތް.
  5. އެޑްމިނިސްޓްރޭޝަން ސެކްޝަނާއި ބަޖެޓް، ފައިނެންޝަލް މެނެޖްމަންޓް އަދި ލީގަލް އެފެއާޒް ސެކްޝަންގެ ހިންގާ ވެރިންގެ ވަޒީފާ ބަޔާންތަކުގައިވާ މަސައްކަތް ވިލަރެސްކޮށް ފުރިހަމައަށް ހިނގަމުންދާކަން ކަށަވަރުކުރުން. އަދި ރަސްމީ ގަޑީގައި ހުރިހާ ވަގުތެއް އެންމެ ފުރިހަމައަށް ބޭނުންކުރެވެމުން ދާކަން ކަށަވަރުކުރުން. އަދި މި ފަރާތްތަކުގެ އެޕްރައިޒަލް ހެދުމަށް ބޭނުންވާ މިންވަރަށް މަސައްކަތް މޮނިޓަރކޮށް  ޕާސަނަލް ރިކޯޑު ބަހައްޓައި އިސްވެރިޔާއަށް ފޯރުކޮށްދިނުން. މީގެ އިތުރުން އެޑްމިނިސްޓްރޭޝަން ސެކްޝަނާއި ބަޖެޓް، ފައިނެންޝަލް މެނެޖްމަންޓް އަދި ލީގަލް އެފެއާޒް ސެކްޝަންގެ ވެރިންނަށް ބޭނުންވާނެ ޓްރެއިނިންގ ފާހަގަކޮށް އިސްވެރިޔާއަށް މަޢުލޫމާތު ދިނުން.
  6. އެޑްމިނިސްޓްރޭޝަން ސެކްޝަނާއި ބަޖެޓް، ފައިނެންޝަލް މެނެޖްމަންޓް އަދި ލީގަލް އެފެއާޒް ސެކްޝަންގެ މަސައްކަތް އިތުރަށް ހަރުދަނާކުރަން ކުރެވިދާނެ ކަންތައްތައް ފާހަގަކޮށް އިތުރަށް ޚިދުމަތް ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  7. އެޑްމިނިސްޓްރޭޝަން ސެކްޝަނާއި ބަޖެޓް، ފައިނެންޝަލް މެނެޖްމަންޓް އަދި ލީގަލް އެފެއާޒް ސެކްޝަންގެ މަސައްކަތާބެހޭ ގޮތުން ނުވަތަ ޑީ.އެޗް.އީ ގެ އެހެން މަސައްކަތްތަކާ ބެހޭ ގޮތުން ދާންޖެހޭ ޖަލްސާތައް، ވޯރކްޝޮޕް ނުވަތަ މިފަދަ އެހެން ޕްރޮގުރާމުތަކަށް ހާޒިރުވެ އެފަދަ ޖަލްސާތަކުން ނިމޭ ކަންތައްތައް ވެރިންގެ ލަފައާއެކު ތަންފީޒުކޮށް ކުރިއަށް ގެންދިއުން.
  8. އެޑްމިނިސްޓްރޭޝަން ސެކްޝަނާއި ބަޖެޓް، ފައިނެންޝަލް މެނެޖްމަންޓް އަދި ލީގަލް އެފެއާޒް ސެކްޝަންގެ އަހަރު ރިޕޯޓު ޑްރާފްޓް އެކުލަވާލުން
  9. ޑިޕާރޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ އަހަރު ރިޕޯޓު ޑްރާފްޓް އެކުލަވާލައި ފައިނަލްކޮށް އަހަރު ނިމޭއިރަށް ފޮނުވުން.
  10. އެޑްމިނިސްޓްރޭޝަން ސެކްޝަނާއި ބަޖެޓް، ފައިނެންޝަލް މެނޭޖްމަންޓް އަދި ލީގަލް އެފެއާޒް ސެކްޝަންގެ މަސައްކަތްތަކާ ގުޅޭ ގޮތުން ބޭނުންވާ ފައިސާ ކުރިއަށް އޮތް އަހަރަށް ބަޖެޓްކުރުމަށްޓަކައި އަންދާޒާ ބަޖެޓް ތައްޔާރުކޮށް ފައިނޭންސް ސެކްޝަނަށް ފޮނުވުން
  11. ޑިޕާރޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ އަހަރީ ބަޖެޓް އެކުހަވާލައި ފިނޭންސް މިނިސްޓްރީ އަށް ގަޑިއަށް ފޮނުވާކަން ކަށަވަރު ކުރުން. އަދި ބަޖެޓާ ބެހޭ ހުރިހާ ޖަލްސާއެއްގައި ވެސް ބައިވެރިވުން
  12. ޑިޕާރޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ  ޕްރޮކިއުމެންޓުގެ މަސައްކަތް ރަނގަޅަށް ދާކަން ކަށަވަރު ކުރުން.

ޝަރުޠު:

  1. އެޑްމިން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 8 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. އެޑްމިން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. އެޑްމިން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  4. އެޑްމިން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  5. އެޑްމިން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު އަށް ބަލައިގެން.

ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

އިންޓަވިއު ކުރުން.

- އިންޓަވިއު އަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެ ފަރާތްތަކަށް އެކަންޏެވެ.

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ 21 – 25 ސެޕްޓެންބަރު 2014 އާ ދެމެދުގެ ތާރީޚެއްގައެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ޑިޕާރޓްމަންޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.    

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) ކޯހެއްގެ ސެޓުފިކެޓު ލިބިފައިނުވާނަމަ ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކޯހެއް އެކްރެޑިޓް ކުރެވޭ ލެވަލް ބަޔާންކޮށްދޭ ލިޔުން.

ރ- މަސައްކަތުގެ ތަޖުރިބާ އަށް މާކްސް ދިނުމަށް ހަމަޖެހިފައިވާތީ އެކަން ދެނެގަތުމަށް، މަސައްކަތް ކުރައްވާފައިވާ ނުވަތަ ކުރައްވަމުން ގެންދަވާ އިދާރާތަކުން ހޯއްދަވާފައިވާ ލިޔުން. މިފަދަ ލިޔުންތަކުގައި ކުރެއްވި މަސައްކަތް އަދި މުއްދަތު އެނގެން އޮންނަންވާނެއެވެ. އަދި މި ލިޔުންތަކުގައި ވަޒީފާ އަދާކުރައްވަން ފެއްޓެވި އަދި ވަކިވިނަމަ ވަކިވި ދުވަސް/މަސް/އަހަރު ވެސް އެނގެން އޮންނަންވާނެއެވެ.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

 

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން / ހ. ވެލާނާގެ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 09 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 14.30 ގެ ކުރިން.

 

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި ޑިޕާޓްމަންޓުގެ ނަންބަރު 3341303 ފޯނަށް ގުޅުއްވުން އެދެމެވެ. 

 

27 އޮގަސްޓް 2014
ހޯދާ