ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު

ބޭނުންވާ އަދަދު

ޝަރުޠު

މަސައްކަތް ކުރަންޖެހޭ ރަސްމީ ގަޑި

މުސާރަ

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް

ރީޖަނަލް އޮފީސް ( އައްޑޫ ސިޓީ)

ޑިރެކްޓަރ

(އައްޑޫ ރީޖަނަލް އޮފީސް)

01

މަސައްކަތާ ގުޅޭ ދާއިރާއިން މާސްޓަރސް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަނޑުގެ 09 ވަނަ ސަނަދު ހާސިލުކޮށްފައި ވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ކޮމިޝަންގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ބެޗްލާރސް ޑިގްރީ ނުވަތަ  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަޑުގެ 07 ވަނަ  ސަނަދު ހާސިލުކޮށްފައި ވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން 5 އަހަރުގެ ތަޖުރިބާ ލިބިފައިވުން.  ނުވަތަ ކޮމިޝަންގެ ސީނިއަރ އޮފިސަރުގެ މަޤާމުގައި މަދުވެގެން 5 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އެވަރޭޖް %90 މާކްސް ލިބިފައިވުން

ހެނދުނު 8:00 އިން  މެންދުރުފަހުގެ 15:00  އަށް،

 

މަހަކު

-/13,650 ރުފިޔާ

  • އައްޑޫގައި ހުންނަ ހިއުމަން ރައިޓްސް ކޮމިޝަންގެ ރީޖަނަލް އޮފީހުގެ އެންމެހާ މަސައްކަތްތައް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން ރާވައި ހިންގުން.
  • އިންސާނީ ޙައްޤެއް ގެއްލިގެން ރީޖަނަލް އޮފީހަށް ހުށަހަޅާ މައްސަލަތައް ބަލައި، ތަހުޤީގު ކުރުމަށް އަންގާ މައްސަލަތައް ތަހުޤީގުކުރުމާ ގުޅޭ އެންމެހާ ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން ގަވާއިދުން ބެލުން.
  • އިދާރީގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވައި ހިންގުން.
  • ރީޖަނަލް އޮފީހުގެ ތިޖޫރި އަދި އަތްމަތީ ފައިސާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކޮމިޝަންގެ މާލީ ޒިންމާދާރުވެރިޔާގެ ލަފާގެ މަތިން ބެލެހެއްޓުން.
  • ކޮމިޝަންގެ މަސައްކަތްތަކާ ގުޅިގެން ބައްދަލުކޮށް މުޢާމަލާތު ކުރަންޖެހޭ ފަރާތްތަކާ ބައްދަލުކޮށް މުޢާމަލާތު ކުރުން.
  • ކޮމިޝަންގެ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ ޒިޔާރާތްތައް ކުރުން.
  • މީގެ އިތުރުންވެސް އިންސާނީ ޙައްޤުތަކަށް އަހުލުވެރި ކުރުމަށާއި، އިންސާނީ ޙައްޤުތަކުގެ ހާލަތު ދެނެގަތުމަށް ކޮމިޝަނުން ކުރާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.

އެސިސްޓެންޓް ހިއުމަން ރައިޓްސް އޮފިސަރ

(އައްޑޫ ރީޖަނަލް އޮފީސް)

01

މަސައްކަތާ ގުޅޭދާއިރާއިން ޑިޕްލޮމާ ހާސިލު ކޮށްފައިވުން، ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަނޑުގެ 5 ވަނަ  ސަނަދު ހާސިލު ކޮށްފައިވުން ނުވަތަ ކޮމިޝަންގެ ސެކްރެޓަރީގެ މަޤާމުގައި މަދުވެގެން 5 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އެވަރޭޖް %90 މާކްސް ލިބިފައިވުން

ހެނދުނު 8:00 އިން މެންދުރުފަހުގެ 15:00 އަށް،

 

މަހަކު

-/9,550 ރުފިޔާ

  • އިންސާނީ ޙައްޤެއް ގެއްލިގެން ރީޖަނަލް އޮފީހަށް ހުށަހެޅޭ މައްސަލަތައް އައްޑޫ ރީޖަނަލް އޮފީހުގެ ޑިރެކްޓަރގެ ލަފާގެ މަތިން މައްސަލަތައް ބަލައި، އަދި ތަޙުޤީޤު ކުރުމަށް އަންގާ މައްސަލަތައް ތަޙުޤީޤުކުރުމާ ގުޅޭ އެންމެހައި ކަންތައްތައް ކުރުން،
  • ކޮމިޝަންގެ މަސައްކަތްތަކާ ގުޅިގެން ބައްދަލުކޮށް މުޢާމަލާތު ކުރަންޖެހޭ ފަރާތްތަކާ ބައްދަލުކޮށް މުޢާމަލާތު ކުރުން.
  • ކޮމިޝަންގެ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ ޒިޔާރާތްތައް ޑިރެކްޓަރުގެ ލަފާގެ މަތިން ކުރުން.

އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

(އައްޑޫ ރީޖަނަލް އޮފީސް)

 

01

މަސައްކަތާ ގުޅޭ ދާއިރާއިން ޑިޕްލޮމާ ހާސިލު ކޮށްފައިވުން، ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަޑުގެ 5 ވަނަ  ސަނަދު ހާސިލު ކޮށްފައިވުން ނުވަތަ ކޮމިޝަންގެ ސެކްރެޓަރީގެ މަޤާމުގައި މަދުވެގެން 5 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އެވަރޭޖް %90 މާކްސް ލިބިފައިވުން

ހެނދުނު 8:00 އިން މެންދުރުފަހުގެ 15:00 އަށް،

 

މަހަކު

-/9,550 ރުފިޔާ

  • ރީޖަނަލް އޮފީހުގެ މެއިންޓެނަންސްގެ މަސައްކަތްތައް ބަލަހައްޓައި ރީޖަނަލް އޮފީހުގެ ހަރުމުދާ ބެލެހެއްޓުން.
  • ރީޖަނަލް އޮފީހުގެ މުވައްޒަފުންގެ ޗުއްޓީ އަދި ހާޒިރީގެ މަސައްކަތް ޑިރެކްޓަރުގެ ލަފާގެ މަތިން ކުރުން.
  • ރީޖަނަލް އޮފީހުގެ ތިޖޫރި އަދި އަތްމަތީ ފައިސާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކޮމިޝަންގެ މާލީ ޒިންމާދާރުވެރިޔާގެ ލަފާގެ މަތިން ބެލެހެއްޓުން.
  • ރީޖަނަލް އޮފީހުގެ އެންމެހާ ސްޓޮކް ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެ މަތިން ބެލެހެއްޓުމުގައި ސެކްރެޓަރީއަށް ލަފަޔާ އިރުޝާދު ދިނުން.

ސެކްރެޓަރީ

(އައްޑޫ ރީޖަނަލް އޮފީސް)

 

01

ޖީ.ސީ.އީ އޭލެވެލް އިން 2 މާއްދާއިން ފާސްވެފައިވުން

 

ހެނދުނު 8:00 އިން މެންދުރުފަހުގެ 15:00 އަށް،

 

މަހަކު

-/7,600 ރުފިޔާ

  • ރީޖަނަލް އޮފީހަށް ހަށަހަޅާ ލިޔެކިޔުންތަކާއި، ފެކްސް އަދި އީމެއިލްތައް ބަލައިގަނެ އެންޓްރީ ކުރުން.
  • ޚިދުމަތް ހޯދުމަށް ރީޖަނަލް އޮފީހަށް އަންނަ މީހުންނާ މުޢާމަލާތު ކުރުމާއި ރިސެޕްޝަނަށް އަންނަ ކޯލްތަކަށް ޖަވާބު ދިނުން.
  • ލިޔެކިޔުންތައް ބަލަހައްޓައި ފައިލް ކުރުން.
  • އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • ރީޖަނަލް އޮފީހުގެ ސްޓޮކް ބަލަހައްޓައި ސްޓޮކަށް ބޭނުންވާ މުދާ އަދި ސްޓޮކް ރިޕޯޓު މައި އޮފީހަށް ފޮނުވުން.

މަސައްކަތު

(އައްޑޫ ރީޖަނަލް އޮފީސް)

01

ގްރޭޑް 5 ނިންމާފައިވުން

ހެނދުނު 8:00 އިން މެންދުރުފަހުގެ 15:00  އަށް،

 

މަހަކު

-/6,200 ރުފިޔާ

  • ކޮމިޝަންގެ ލިޔެކިއުމާއި ތަކެތި ހަވާލުކުރަންޖެހޭ ތަންތަނާއި ފަރާތްތަކަށް ހަވާލުކުރުން،
  • ރީޖަނަލް އޮފީހުގެ މެއިންޓަނަންސް މަސައްކަތްތައް އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ ލަފާގެ މަތިން ކުރުން
  • ބައްދަލުވުންތައް އިންތިޒާމު ކުރުމަށް އެހީތެރިކަން ދިނުން.

ނޯޓް: ފުރަތަމަ 3 މަސްދުވަހުގެ ޕްރޮބޭޝަނަށްފަހު، ވަޒީފާ ދާއިމީވުމުން މުސާރައިގެ އިތުރުން ކޮންމެ މަހަކު ލިވިންގ އެލަވަންސްގެ ގޮތުގައި -/3,000 ރުފިޔާ އާއި ސަރވިސް އެލަވަންސް، އަދި މެޑިކަލް އިންޝުއަރެންސް ކަނޑައެޅިފައިވާ އުސޫލުން ލިބޭނެއެވެ. މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީ ގަޑީގައި މަސައްކަތް ކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. މި މަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ކުރިމަތިލާ ކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން ޕީރިއެޑް ގުނޭނެއެވެ. އެހެން ނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި: ވަޒީފާއަށް އެދި ފޮނުވާ ސިޓީ، މި ކޮމިޝަންގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުންނާއި މި ކޮމިޝަނުގެ ވެބްސައިޓް www.hrcm.org.mv އިން ލިބެންހުންނާއެވެ.) ވަނަވަރު، ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި)، އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޕޮޓޯކޮޕީ.

ސުންގަޑި:  11 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14.30 ގެ ކުރިން. ވަޒީފާއަށް އެދި ފޮނުއްވާ ސިޓީ އާއި ތަކެތި ބަލައިގަންނާނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ އޮފީހުގެ ކައުންޓަރުންނެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3003140، 3003142 ނަންބަރުގެ ފޯނަށެވެ.

                                        02 ޛުލްޤަޢިދާ 1435 

28 އޮގަސްޓް 2014
ހޯދާ