ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް
ދިވެހިރާއްޖެ
ދެ ކޯހެއްގެ ކަރިކިއުލަމް ތައްޔާރުކޮށް އެކުލަވާލުމަށް

އައި.އެމް.އޯ ގެ STCW’95 ކޮންވެންޝަންގެ ދަށުން ސެޓުފިކެޓު ލިބިގެން ބޯޓުފަހަރުގައި އޮފިސަރުންނާއި އިންޖިނިއަރިންގގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ސެޓުފިކެޓު STCW’2010 ގެދަށަށް ބަދަލު ކުރުމަށްޓަކައި އެފަރާތްތަކަށް ރެފްރެޝަރ އެންޑް އަޕްޑޭޓިންގ ކޯހެއް ހިންގަންޖެހޭ ކަމަށް މި ކޮންވެންޝަންގެ 1/11 ރެގިއުލޭޝަނުން ކަނޑައަޅާފައިވެއެވެ.

ވީމާ ، "ރެފްރެޝަރ އެންޑް އަޕްޑޭޓިންގ ކޯސް ފޮރ އިންޖިނިއަރިންގ" ކޯހާއި އަދި "ޕްރޮފިޝަންސީ އޭޒް ރޭޓިންގ ފޯރމިންގ ޕާރޓް އޮފް އޭން އިންޖިނިއަރިންގ ވޮޗް" މި ދެ ކޯހުގެ ކަރިކިއުލަމް ތައްޔާރުކޮށް އެކުލަވާލުމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 ސެޕްޓެންބަރު 2014 ވާ (ބުރާސްފަތި) ދުވަހުގެ 10:00 އަށް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް (ވިލިނގިލިއަވަށް) އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 ސެޕްޓެންބަރު 2014 ވާ (އަންގާރަ) ދުވަހުގެ 14:00 ގައި އަންދާސީހިސާބު ހުޅަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކައާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެވާހަކަވެސް ދެންނެވީމެވެ.

29 ޝައްވާލު 1435

25 އޮގަސްޓް 2014
ހޯދާ