ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫ ބަނދަރުގެ އުތުރުކޮޅަށް ފެތިފައިވާ ދޯންޏަކާބެހޭ

                        ރަތަފަންދޫ ބަނދަރުގެ އުތުރުކޮޅަށް ފެތިފައިވާ ދޯންޏެއް އެތާނގައި އޮވެގެން ގިނަދުވަސްތަކެއްވެފައިވާތީއާއި، އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ، އެކަމާބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ރަތަފަންދޫ ކައުންސިލްގެ 23 ވަނަ ޢާންމު ބައްދަލުވުމުގައި ކައުންސިލުން ނިންމާފައިވަނީ އެދޯނީގެ ވެރިފަރާތުން 01 މަސްދުވަހުގެ ތެރޭގައި އެތަނުން އެދޯނި ނެގުމަށާއި، ނުނަގައިފިނަމަ ކައުންސިލުން ނިންމާގޮތެއްގެމަތިން އެދޯނި އެތަނުންނަގައި ނައްތާލެވޭނެކަމަށެވެ.

                        ވީމާ، ކައުންސިލުން ނިންމާފައިވާގޮތުގެމަތިން މިއިޢުލާން ގެޒެޓްކުރެވޭ ތާރީޚުން ފެށިގެން 01 މަސް ދުވަހުގެތެރޭގައި އެދޯނި އެތަނުން ނެގުމަށާއި، އެތާރީޚުގައި ދޯނި އެތަނުން ނުނަގައިފިނަމަ ކައުންސިލުން ނިންމާފައިވާ ގޮތުގެމަތިން އެދޯންޏާމެދު ޢަމަލުކުރެވޭނެވާހަކަ ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.  

24 ޝައްވާލު 1435

20 އޮގަސްޓް 2014
ހޯދާ