ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
އިމަރޖެންސީ ޖެނެރޭޓަރު އަދި އެމްބިއުލަންސް މަރާމާތު ކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި ހޮސްޕިޓަލުގެ އިމަރޖެންސީ ޖެނެރޭޓަރު އަދި އެމްބިއުލަންސް މަރާމާތު ކުރުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު HMH/2014/13 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަތީ އެންމެ ފަރާތެއްކަމަށްވާތީ މިއިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތް އަމިއްލަތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު  15 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 14:00 އަށް މިހޮސްޕިޓަލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

25 ޝައްވާލު 1435

22 އޮގަސްޓް 2014
ހޯދާ