މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ފިޝަރީޒް ޑިވެލޮޕްމެންޓް ޕުރޮގުރާމުގެ ދަށުން އުޅަނދު ތަރައްޤީކޮށް މަހަށް ނިކުތުމަށް ބާރުއެޅުމުގެ ގޮތުން ދޫކުރާ ލޯނު ދޫކުރުމުގެ ތިންވަނަ ފިޔަވަހީގެ ލޯނަށް އެދުމުގެ ފުރުޞަތު އިތުރު ކުރައްވައިފި

ފިޝަރީޒް ޑިވެލޮޕްމެންޓް ޕުރޮގުރާމުގެ ދަށުން އުޅަނދު ތަރައްޤީކޮށް މަހަށްނިކުތުމަށް ބާރު އެޅުމުގެ ގޮތުން ލޯނު ނެގުމަށް އެދޭފަރާތްތަކަށް 11 މޭ 2014 ގައި ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލި ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު 9 ޖުލައި 2014 އަށް ހަމަވެފައިވާތީ އެލޯނަށް އެދުމަށް އިތުރުފަރާތްތަކަކުން އެދެމުންދާތީ، ލޯނަށް އެދުމުގެ މުއްދަތަށް އިތުރު 2 މަސްދުވަސް އިތުރުކޮށް 17 ޖުލައި 2014 ގައި ހުޅުވާލައިފީމެވެ.     

މިފިޔަވަހީގެ ދަށުން ދޫކުރާ ލޯނުތައް ދޫކުރުމަށް ހަމަޖެހިފައިވާ ޖުމުލަ ޢަދަދަކީ 8.8 (އަށެއް ޕޮއިންޓު އަށެއް މިލިޔަން ރުފިޔާ) އެވެ.

މިފިޔަވަހީގެ ދަށުން ދޫކުރެވޭ ލޯނުތައް ޢަމާޒުކުރެވޭނީ، ޒުވާން މަސްވެރިންނާއި އޮޑިވެރިން އިތުރުކުރުމަށް މަސްދޯނިފަހަރު ބަނުމުގައި ތަކެތީގެ ޚަރަދުބޮޑުވުމާއި، ޒަމާނީ ވަޞީލަތްތައް ހޯދުމާއި އަދި އުޅަނދަށް ބޭނުންވާ އިންޖީނު ހޯދުމުގައި މާލީގޮތުން ޒުވާނުންނަށް ދަތިތަކާ ކުރިމަތިލާންޖެހޭތީ، ޒުވާނުން އޮޑިވެރިންނަށް ވުމަށް މަގުފަހިކޮށްދިނުމުގެގޮތުން 60 އިންސައްތަ ޒުވާނުންނަށް އަމާޒުކޮށްގެން މަސްވެރިކަންކުރުން އިތުރަށް ތަރައްޤީކުރުމަށް ލޯނު ދޫކުރުމަށެވެ. 

މިފިޔަވަހީގެ ދަށުން ލޯނު ދޫކުރުމުގެ އުޞޫލުތައް ބަޔާންކޮށްދޭ ލިޔުމާއި ލޯނަށް އެދޭ ފޯމު ސަރުކާރުގެ ރަސްމީ ގަޑިތަކުގައި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުންނާއި ބެންކް އޮފް މޯލްޑިވްސްގެ މެއިން ބްރާންޗުންނާއި އެބެންކުގެ ބާޒާރު ބުރާންޗުންނާއި އަދި އެބެންކުގެ ރާއްޖެތެރޭގެ ބުރާންޗް ތަކުން ލިބެން ހުންނާނެއެވެ.

މިފިޔަވަހީގެ ދަށުން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 14 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.

ލޯނަށް އެދޭ ފޯމު ބަލައިގަންނާނީ ބެންކް އޮފް މޯލްޑިވްސް އިންނާއި އެބެންކުގެ ރާއްޖެތެރޭގެ ބުރާންޗް ތަކުންނެވެ. ފޯމު ހުށަހެޅުމަށް ހުޅުވާލާ ތާރީޚުން ފެށިގެން ފުރަތަމަ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ޝަރުޠު ހަމަވާ ފޯމުތައް، މި މުއްދަތުނިމުމުން ވަޒަންކުރުމަށްފަހު މިފޯމުތައް ހުށަހަޅާފައިވާ ފަރާތްތަކަށް ޖަވާބުދެވޭނެއެވެ. އަދި، މި މުއްދަތަށްފަހު ހުށަހަޅާ ޝަރުޠުހަމަވާ ފޯމުތައް ވަޒަންކުރެވޭނީ ލޯނަށްއެދި ހުށަހަޅާ ފޯމުތައް ބަލައިގަންނަ އެންމެފަހު ތާރީޚަށްފަހުއެވެ. މިފޯމުތައް ވަޒަންކުރުމަށްފަހު ހުށަހަޅާފައިވާ ފަރާތްތަކަށް ޖަވާބުދެވޭނެއެވެ.

19 ރަމަޟާން 1435

17 ޖުލައި 2014
ހޯދާ