އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އިންބައުންޑް ޓްރެވެލް އިންޝުއަރެންސް ސަރވިސް ޕާޓްނަރުން ހޯދުމާ ބެހޭ

އިންބައުންޑް ޓްރެވެލް އިންޝުއަރެންސް ވިއްކާދޭނެ ޤާބިލު ސަރވިސް ޕާރޓްނަރުން ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ޝަރުތުތައް ފުރިހަމަވާނަމަ، އެޕްލިކޭޝަން ފޯމު ފުރުމަށްފަހު 31 ޑިސެމްބަރ 2014 ވަނަ ދުވަހުގެ ކުރިން  ތިރީގައި މިވާ އީމެއިލް އެޑްރެސް އަށް ނުވަތަ އެލައިޑް އިންޝުއަރެންސްގެ ހެޑް އޮފީސް ( ފެން ބިލްޑިންގ، ދެވަނަ ފަންގިފިލާ) އަށް އެޕްލިކޭޝަން ހުށަހަޅުއްވައި ދެއްވުން އެދެމެވެ.

އީމެއިލް އެޑްރެސް : [email protected]

އެޕްލިކޭޝަން ފޯމު ލިބިވަޑައިގަންނަވާނީ މި ކުންފުނީގެ ހެޑް އޮފީހުންނާއި، އެލައިޑްގެ ވެބްސައިޓުންނެވެ.

ޝަރުޠުތައް:

  • އިންޓަރނެޓް ކަނެކްޝަން ހުރި ތަނެއް ކަމުގައިވުން
  • ކޮމްޕިއުޓަރ ސިސްޓަމް އަދި ޕްރިންޓް ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވުން
  • ރަޖިސްޓަރީ ކުރެވިފައިވާ ވިޔަފާރިއަކަށްވުން
  • ޚިދުމަތް ދޭނެ ވަކި އައުޓްލެޓެއް ހުރުން
  • ވިޔަފާރި ހިންގުމުގައި މަދުވެގެން އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން
  • ވެރިފަރާތް ނުވަތަ ވިޔަފާރީގެ ނަމުގައި ބޭނުން ކުރެވޭ ކްރެޑިޓް ނުވަތަ ޑެބިޓް (ވިސާ، މާސްޓަރ ނުވަތަ އެމެކްސް) ކާޑެއް އޮތުން
  • ބޭންކް އޮފް މޯލްޑިވްސްގައި އެކައުންޓެއް ހުރި ފަރާތަކަށްވުން
  • މުޢާމަލާތް ކުރާ ފަރާތަކީ ދިވެހި ބަހާއި އިނގިރޭސި ބަހަށް ފަރިތަ މީހެއް ކަމުގައި ވުން

ހުށަޙަޅަން ޖެހޭ ތަކެތި:

  • ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމު
  • ވިޔަފާރީގެ ރެޖިސްޓްރޭޝަން ކޮޕީ
  • ވެރިފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ
  • ޚިދުމަތް ދޭ އައުޓްލެޓްގެ ފޮޓޯ

 

29 މޭ 2014
ހޯދާ