ހައުސިންގ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން ޕލކ
ދިވެހިރާއްޖެ
ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗް.ޑީ.އެފް.ސީ) ގެ 10 ވަނަ އަހަރީ އާންމު ޖަލްސާއާބެހޭ

ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗް.ޑީ.އެފް.ސީ) ގެ 10 ވަނަ އަހަރީ އާއްމު ޖަލްސާ 31 މޭ 2014 ވީ ހޮނިހިރު ދުވަހު 11:00 ގައި ޓްރޭޑަރސް ހޮޓެލްގައި ވަނީބާއްވާފައެވެ.

މިފަހަރުގެ އާންމު ޖަލްސާގައި ވޭތުވެދިޔަ 2013 ވަނަ އަހަރުގެ މާލީ ހިސާބުތައް ފާސްކުރުމުގެ އިތުރުން 2014 ވަނަ އަހަރުގެ ކުންފުނީގެ އެކްސްޓާރނަލް އޮޑިޓަރެއްގެ ގޮތުގައި ކޭ.ޕީ.އެމް.ޖީ ވެސް ވަނީ ޢައްޔަން ކޮށްފައެވެ. އަދި ހިއްސާދާރުންނަށް ޑިވިޑެންޑުގެ ގޮތުގައި ޙިއްސާއަކަށް 10ރ. ބެހުމަށް ވަނީ ފާސްކުރެވިފައެވެ.

1 ޖޫން 2014 އިން ފެށިގެން ޙިއްސާދާރުންނަށް ޑިވިޑެންޑް ދޫކުރުމުގެ ކަންތައް ވަނީހަމަޖެހިފައެވެ. އަދި މިކުންފުނީގެ އެނުއަލް ރިޕޯޓު މިކުންފުނީގެ މައިއޮފީހުންނާއި ކުންފުނީގެ ވެބުސައިޓް  www.hdfc.com.mv އިން ލިބޭގޮތަށް ހަމަޖެހިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

01 ޖޫން 2014
ހޯދާ