އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެކްސްޕެކްޓްރިއޭޓް އިންޝުއަރެންސް ވިއްކާދޭނެ އޭޖެންޓުން ހޯދުމާބެހޭ

އިޢުލާން

އެކްސްޕެކްޓްރިއޭޓް އިންޝުއަރެންސް ވިއްކާދޭނެ އޭޖެންޓުން ހޯދުމާބެހޭ

މިކުންފުންޏާއެކު އެކްސްޕެކްޓްރިއޭޓް އިންޝުއަރެންސް މާކެޓްކުރުމުގައި އެހީތެރިވެދޭނެ ޤާބިލު ސަރވިސް ޕާޓްނަރުން ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާނަމަ، އެޕްލިކޭޝަން ފޯމު ފުރުމަށްފަހު 31 ޑިސެންބަރު 2014 ވަނަ ދުވަހުގެ ކުރިން ތިރީގައި މިވާ އީމެއިލް އެޑްރެހަށް ނުވަތަ އެލައިޑް އިންޝުއަރެންސްގެ ހެޑް އޮފީސް (ފެން ބިލްޑިންގ، ދެވަނަ ފަންގިފިލާ) އަށް އެޕްލިކޭޝަން ހުށަހަޅުއްވައި ދެއްވުން އެދެމެވެ. އެޕްލިކޭޝަން ހުށަހެޅުއްވުމުގެ އެންމެ ފަހު ތާރީޚަކީ

އީމެއިލް އެޑްރެސް : [email protected]

އެޕްލިކޭޝަން ފޯމު މި ކުންފުނީގެ މައި އޮފީހުންނާއި، އެލައިޑްގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ޝަރުޠުތައް:

  • އިންޓަރނެޓް ކަނެކްޝަން ހުރި ތަނެއް ކަމުގައިވުން
  • ކޮމްޕިއުޓަރ ސިސްޓަމް އަދި ޕްރިންޓް ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވުން
  • ރެޖިސްޓަރ ކުރެވިފައިވާ ވިޔަފާރިއަކަށްވުން
  • ޚިދުމަތް ދޭނެ ވަކި އައުޓްލެޓެއް ހުރުން
  • ވިޔަފާރި ހިންގުމުގައި މަދުވެގެން އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން
  • ވެރިފަރާތް ނުވަތަ ވިޔަފާރީގެ ނަމުގައި ބޭނުން ކުރެވޭ ކްރެޑިޓް ނުވަތަ ޑެބިޓް (ވިސާ، މާސްޓަރ ނުވަތަ އެމެކްސް) ކާޑެއް އޮތުން
  • ބޭންކް އޮފް މޯލްޑިވްސްގައި އެކައުންޓެއް ހުރި ފަރާތަކަށްވުން
  • މުޢާމަލާތްކުރާ ފަރާތަކީ ދިވެހި ބަހާއި އިނގިރޭސި ބަހަށް ފަރިތަ މީހެއް ކަމުގައި ވުން

ހުށަހަޅަން ޖެހޭ ތަކެތި:

  • ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމު
  • ވިޔަފާރީގެ ރެޖިސްޓްރޭޝަން ކޮޕީ
  • ވެރިފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ
  • ޚިދުމަތް ދޭ އައުޓްލެޓް/ އޮފީހުގެ ފޮޓޯ

23 ރަޖަބު 1435

22 މޭ 2014
ހޯދާ