މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ހައުސްކީޕަރ (ދާއިމީ) - މިލަދުންމަޑުލުދެކުނުބުރީ މާޅެންދޫ މެޖިސްޓްރޭޓް ކޯޓް

 

މިލަދުންމަޑުލުދެކުނުބުރީ މާޅެންދޫ މެޖިސްޓްރޭޓް ކޯޓް

  ނ.މާޅެންދޫ

   ދިވެހިރާއްޖެ

އިޢުލާން

D5C-A/2020/1އިއުލާން ނަންބަރު:

ވަޒީފާގެ ފުރުޞަތު

ތާރީޚް: 10 އޯގަސްޓް 2020

 

ރޭންކް: އެސް.އެސް 1

ހައުސްކީޕަރ (ދާއިމީ)

މަޤާމް

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް 1

1 (އެކެއް)

އަދަދު

މިލަދުންމަޑުލުދެކުނުބުރީ މާޅެންދޫ މެޖިސްޓްރޭޓް ކޯޓް

މަސައްކަތް ކުރަންޖެހޭ ތަން

-/3100ރ (ތިންހާސް އެއްސަތޭކަ ރުފިޔާ)

އަސާސީ މުސާރަ

-/1000ރ (އެއްހާސް ރުފިޔާ)

ސަރވިސް އެލަވަންސް

އަސާސީ މުސާރައިގެ %20

ޖުޑީޝަލް އެލަވަންސް

-/2550ރ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)

ލިވިންގ އެލަވަންސް

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އިތުރުގަޑީގެ ފައިސާ

  1. ލިޔަންކިޔަން ދަތުން.
  • ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދައްވެގެން ގްރޭޑް 5 ނިންމިކަމުގެ ލިޔުން ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަށްބަލައިގެންނެވެ. ނުވަތަ، ލިޔަންކިޔަން އެނގޭތޯބެލުމަށް ވަޒީފާހަމަޖައްސާ ކޯޓުން ނުވަތަ އިދާރާއަކުން ޓެސްޓެއް ދީގެންނެވެ.

އަސާސީ ޝަރުތު

ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިހަމަވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.

ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ  6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދަ ޢާއިލީ ގާތްކަމެއް ނ.މާޅެންދޫ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.  

އެހެނިހެން ޝަރުތު

  • ރަސްމީބަންދުނޫން ކޮންމެދުވަހަކު ކޯޓް ޢިމާރާތުގެ އެތެރެ ކުނިކަހާ ފޮޅާ ސާފުކުރުމާއި ދޮރުތަކާއި ބިއްލޫރިތައް ފޮހެ ސާފުކުރުން.
  • ކޯޓް ޢިމާރާތުގެ ފަންކާތަކާއި، ހޮޅިބުރިތަކާއި، ފަރުނީޗަރުތަކާއި، އޭސީތައް ފޮހެ ސާފުކޮށް ބެލެހެއްޓުން.
  • ކޯޓްގެ ޢިމާރާތާއި، ކޯޓްގެ ސަރަހައްދާއި، މަގު، ކުނިކަހާ ވިނަނޮޅައި ސާފްކޮށް ބެލެހެއްޓުން.
  • ފުރާޅު، ދިޔަދޮވި، ވަޅު، ރުއްގަސް ސާފްކޮށް ބެލެހެއްޓުން.
  • ކޯޓްގެ ގޯތިތެރޭގައި ބަގީޗާ ހައްދައި ސާފުކޮށް ބެލެހެއްޓުން.
  • ޗިޓް ޙަވާލުކުރުމާއި، އެކިފަރާތްތަކަށް ޙަވާލުކުރަންޖެހޭ ލިޔެކިޔުންތައް އެފަރާތްތަކާ ޙަވާލުކުރުން.
  • ޑިޕާޓްމަންޓުންނާއި އެކިރަށްރަށުން ކޯޓަށް ފޮނުވާ ތަކެތި ބަނދަރުން ކޯޓަށްގެނައުން.
  • ކޯޓުން އެކިތަންތަނަށް ފޮނުވަން ބޭނުންވާ ތަކެތި ގެންގޮސް ބޯޓަށް އެރުވުން.
  • ހޮޅިބުރިއާއި ބޮކިފަދަތަކެތި އެނދުމުން ބަދަލުކޮށް ހޯލްޑަރ ހަލާކުވެއްޖެނަމަ ބަދަލުކުރުން.
  • ކޯޓްގައިވާ ޑަސްބިން ތަކާއި ނައްތާލަންޖެހޭ ތަކެތި ނައްތާލުމާއި، ފާޚާނާ، ގުދަން ފަދަ ތަންތަން ސާފުކޮށް ބެލެހެއްޓުން.
  • މަތީގައިވާ މަސައްކަތްތަކުގެ އިތުރުންވެސް މެޖިސްޓްރޭޓް އަދި އިސްކޮށްތިބޭ މުވައްޒަފުން ޙަވާލުކުރާ ރަސްމީ މަސައްކަތްތައް ވީހާވެސް ރަނގަޅަކަށް ކުރުން.

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު

  • ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް.
  • އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ

ހުށަހަޅަންޖެހޭ ތަކެތި

  • 2020، އޯގަސްޓް 23 ވަނަ ދުވަހުގެ 13:30 ގެ ކުރިން ނ.މާޅެންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން  އެދެން.
  •  ސުންގަނޑި ހަމަވުމުގެކުރިން އީމެއިލްއިން ހުށަހަޅާ އެޕްލިކޭޝަން ފޯމް ބަލައިގަންނަގޮތަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ. މިކޯޓްގެ އީމެއިލް އެޑްރެހަކީ [email protected] އެވެ. (އީމެއިލް ގެ ޒަރީޢާއިން ހުށަހަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ޙާޟިރުރުވާއިރު ކޯޓަށް ހުށަހަޅަންވާނެއެވެ) (އީމެއިލްއިން ހުށަހަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ޙާޞިރުވާއިރު ކޯޓަށް ހުށަހަޅަންވާނެއެވެ.)  

ސުންގަޑި

  • ހައުސްކީޕަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއާއި ތަމްރީން އަދި ލިބިފައިވާ ހުނަރާއި ޤާބިލްކަން ބެލުމަށް ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:
  • ލިބިފައިވާ ތައުލީމް: 30 ޕަސެންޓް
  • މަސައްކަތުގެ ތަޖުރިބާއާއި ތަމްރީން: 35 ޕަސެންޓް
  • ލިބިފައިވާ ހުނަރާއި ޤާބިލުކަން ބެލުމަށް ކުރެވޭ އިންޓަވިއު: 35 ޕަސެންޓް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް ނ.މާޅެންދޫ މެޖިސްޓްރޭޓް ކޯޓްގެ ކައުންޓަރުންނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6560564
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު

         

 

20 ޛުލްޙިއްޖާ 1441

 

10 އޮގަސްޓް 2020
ހޯދާ