ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު (މަސައްކަތު)

ވަޒީފާގެ ފުރުސަތު

 

އިޢުލާނު

މަސައްކަތު

މަޤާމް:

2 (ދޭއް)

ބޭނުންވާ އަދަދު:

ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 01 އަހަރުދުވަހުގެ މުއްދަތަށް ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. މިއީ ސިވިލް ސާރވިސްގެ ވަޒީފާއެއް ނޫނެވެ.) މަސައްކަތަށް ފަރުވާ ބަހަޓާކަމުގައިވާނަމަ 1އަހަރުވުމުން ކޮންޓްރެކް އައުކުރެވޭނެ

މަޤާމުގެ ގިންތި:

އެސް. އެސް. 1

މަޤާމުގެ ރޭންކް:

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ކުނަހަންދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ ( ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ /ލ.ކުނަހަންދޫ )

ވަޒީފާ އަދާކުރަން ޖެހޭ ތަން:

6 ގަޑިއިރު (ކައުންސިލުން ހަމަޖައްސާ ގޮތެއްގެ މަތިން)

މަސައްކަތު ވަގުތު :

3100ރ

މުވައްޒަފަށް ލިބޭ މުސާރަ:

400ރ

ރިސްކު އެލަވަންސް:

  1. ގޭގޭން ކުނި ނަގައިގެން ކުނިކޮއްޓަށް ގެންދިއުން
  2. ކޮންމެ ދުވަހަކު މަސައްކަތް ނިމުމުން މަސައްކަތު ސާމާނު ދޮވެ ސާފުކުރުން.
  3. ވެހިކަލްގައި ކުރަންޖެހޭ ދަތުރުތަށް (ކައުންސިލްގެ އިދާރާއިން ހަމަޖައްސަވާ އިންތިޒާމެއްގެ ދަށުން) ކުރުމުގައި ޑްރައިވަރަށް އެހީތެރިވުން.
  4. ކުނި މެނޭޖްކުރުމާގުޅޭ އެއްމެހައި މަސައްކަތް ކުރުން
  5. . ކުނިކޮށީގެ މެޝިނަރީޒްތައް ބެލެހެއްޓުން.
  6. ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ކުނީގެ ގޮތުގައި ގެންދެވޭ ތަކެތި ވަކިކޮށް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ބައިބަޔަށް އެޅުން.
  7. ކުނީގެ ގޮތުގައި ގެންދާ ތަކެތި ވީހާވެސް ކުޑަ ޖާގައެއްގައި ބެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުން.
  8. ކޮންމެ ދުވަހަކު ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ އެތެރެއާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބޭރުމަގުތަކުގައި ފަޅާފައި ހުންނަ ގަސްތައް ނޮޅައި ކުނިބުނިތައް ނަގައި ސާފުކޮށް ބެލެހެއްޓުން.
  9. ކޮންމެ ދުވަހަކު ވެސް ވޭސްޓް މެނޭޖްމަންޓް ސެންޓަރު ހުޅުވައި ބަންދުކުރަން ހަމަޖެހިފައިވާ ގަޑިތަކުގައި ޤަވާޢިދުން ހުޅުވުމާއި ބަންދުކުރުން.
  10. ކުންޏާއިބެހޭގޮތުން ހަމަޖެހިފައި އޮންނަ އުޞޫލާ ޚިލާފްވާ ފަރާތްތަކުގެ މަޢުލޫމާތު ކައުންސިލްގެ އިދާރާއަށް ދިނުން.
  11. ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ލިބޭގެއްލުންތައް ކައުންސިލްއިދާރާއަށް އެންގުން އަދި ރަނގަޅު ކުރުމަށް މަސައްކަތްކުރުން.
  12. ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ބޭނުން ކުރާ އަދި މަސައްކަތުގައި ގެންގުޅޭ އެންމެހާ ތަކެތި ރައްކާތެރިކަމާއެކު ސާފުކޮށް ބެލެހެއްޓުން.
  13. ކައުންސިލްގެ އިދާރާގެ ކަމާބެހޭ ޔުނިޓުން މަސައްކަތުގެ ދާއިރާގެ ތެރެއިން ކުރަން ޙަވާލުކުރެވޭ އެންމެހާ މަސައްކަތްތައްކުރުން.
  14. ކައުންސިލްގެ އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.
  15. އަދި މިނޫނަސް ކައުންސިލްގެ އިދާރާއިން ޙަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ލިޔަންކިޔަން އެގުން
  2. ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ސްކޫލް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.) ނުވަތަ މަޤާމުގެ މަސައްކަތުގެ ހުނަރު އަދި ޤާބިލުކަން ލިބިފައިވުން.
  3. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން.
  4. އުމުރުން 18 އަހަރު ފުރި 55 އަހަރު ނުފުރޭ މީހަކަށް ވުން.
  5. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.

މަޤާމުގެ ޝަރުޠުތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތު ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓް ތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

- މަޤާމާގުޅޭ ދާއިރާގެ ތަޢުލީމަށް %21

- މަޤާމާގުޅޭ ދާއިރާގެ ތަމްރީނުތަކަށް %5

- މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާއަށް %26

- މަސައްކަތުގެ ހުނަރަށް  %48

- މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: %35

(ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެ)

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތަށް

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 އޮގަސްޓް 2020ގެ 14:00 ގެ ކުރިން، ކުނަހަންދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

ޝޯޓް ލިސްޓްކުރުން:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 20އޮގަސްޓް 2020 އާއި 27 އޮގަސްޓް 2020އާއި ދެމެދު، ކުނަހަންދޫ ކައުންސިލް އިދާރާ ގައެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަސް ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" ޢާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑުގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތް ނަމަ A2 ފޯމް ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަސް ތެރޭގައި އެ ޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)"އާންމު ކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 9995970 އަށެވެ. އީ-މެއިލް ކުރާނީ  : [email protected] އަށެވެ.

އިތުރު މަޢުލޫމާތު ހޯދުން

20ޛުލްހިއްޖާ  1441

10 އޮގަސްޓް 2020

 

     

 

10 އޮގަސްޓް 2020
ހޯދާ