އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ ސިޓީގައި ހޯމް ކަރަންޓީނުގައި ހުރި ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާތީ ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމާއި ގުޅޭ

އިޢުލާން

އައްޑޫ ސިޓީ ހިތަދޫގައި ހޯމް ކަރަންޓީނުގައި ހުރި ބަންގްލަދޭޝް ރައްޔިތެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ  ހިތަދޫ ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. ހިތަދޫ މޮނިޓަރިންގެ ހާލަތަށް ގެނައުމާއި ގުޅިގެން ހިތަދޫގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުމަކީ މަނާކަމެކެވެ.

މީގެއިތުރުން، ޟަރޫރީ ބޭނުމަކު ނޫނީ ގެއިން ބޭރަށް ނުދިއުމަށާއި މީހުން އެއްވާ ތަންތަނަށް ނުދިއުމަށާއި ކޮންމެހެން ދާންޖެހިގެން ވެސް ބޭރަށްދާނަމަ މާސްކް އަޅައި ސާފުތާހިރުކަމަށް އިސްކަން ދިނުމަށް އިލްތިމާސް ކުރަމެވެ. އަދި ފިހާރަތަކަށާއި ކެފޭ ރެސްޓޯރެންޓްތަކަށާއި އޮފީސްތަކަށާއި މިސްކިތްތަކަށް ދާނަމަ މާސްކް އެޅުމަށް ވެސް ދަންނަވަމެވެ.

އައްޑޫގައި ކޮވިޑް-19 ފެތުރުނަ ނުދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ދޭ އިރުޝާދުތަކަށް ހުރިހާ ފަރާތްތަކުން ބޯލެބުމަށް އިލްތިމާސްކުރަމެވެ.

19 ޛުލްހިއްޖާ 1441

09 އޮގަސްޓް 2020
ހޯދާ