އިންޓަރންޝިޕް ފުރުސަތު
|
ބޭނުންވާ އަދަދު:
|
10
|
ބޭނުންވާ މުއްދަތު:
|
6 (ހައެއް) މަސްދުވަސް
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މިނިސްޓްރީ އޮފް ޓޫރިޒަމް، ވެލާނާގެ، 5 ވަނަ ފަންގިފިލާ، ކ. މާލެ
|
ޝަރުޠުތައް:
|
- ދަށްވެގެން ސާނަވީ ނުވަތަ އެ އާ އެއް ފެންވަރު އިމްތިހާނެއް ނިންމާ ފާސްވެފައިވާ ފަރާތަކަށްވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ އިންޓަރންޝިޕަށް އެދޭ ފޯމު
- އިންޓަރންޝިޕަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- އިންޓަރންޝިޕަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްގެ ކޮޕީ
- ލިބިފައިވާ ކުރު މުއްދަތު ތަމްރީނުތަކުގެ ކޮޕީ
- ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގެ ކޮޕީ
- މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކުށުގެ ރިކޯޑް ފޯމް (3 މަސް ހަމަނުވާ)
|
އިތުރު މަޢުލޫމާތު
|
- އިންޓަރންޝިޕަށް އެދޭ ފޯމު މިމިނިސްޓްރީގެ ވެބްސައިޓް www.tourism.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
- އިންޓަރންޝިޕަށް އެދޭ ފޯމު ބަލައިގަންނާނީ ހަމައެކަނި އީމެއިލް މެދުވެރިކޮށް [email protected] މި އީމެއިލް އިންނެވެ.
- މިއީ އުޖޫރައެއް ކަނޑައެޅިފައިވާ ވަޒީފާއެއް ނޫނެވެ.
- ފޯމުގައިވާ ހުރިހާ ބައިތައް ފުރިހަމަކުރަންވާނެއެވެ. އަދި ފޯމު ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ.
- ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި މައުލޫމާތާއި ލިޔެކިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލުކުރެވޭނެއެވެ.
- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3022226 ނަންބަރު ފޯނާއެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3322512 އީ-މެއިލް ކުރާނީ [email protected] އަށެވެ.
|
އެދެންވީގޮތާއި ސުންގަޑި:
|
ޝައުޤުވެރިވާ ފަރާތްތަކުން 17 އޮގަސްޓް 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިމިނިސްޓްރީއަށް އިންޓަރންޝިޕަށް އެދޭ ފޯމު އީ-މެއިލް ކުރަންވާނެއެވެ. އީ-މެއިލް މިނިސްޓްރީއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
|
އިންޓަވިއު އާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:
|
އިންޓަވިއު އޮންނާނީ، 18 އޮގަސްޓް 2020 އާއި 21 އޮގަސްޓް 2020 އާ ދެމެދު، މިނިސްޓްރީ އޮފް ޓޫރިޒަމްގައެވެ.
އިންޓަވިއު ކުރާނީ ހަމައެކަނި ޝޯޓް ލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
ޝޯޓް ލިސްޓްކުރުން:
|
އިންޓަރންޝިޕަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އިންޓަރންޝިޕަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|