މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެންވަޔަރަންމަންޓަލް ސްޕެޝަލިސްޓް

ވަޒީފާގެ ފުރުޞަތު

 

މޯލްޑިވްސް ކޮވިޑް-19 އިމަރޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރެޕެއަރޑްނެސް ޕްރޮޖެކްޓް

މަޤާމް: އެންވަޔަރަންމަންޓަލް ސްޕެޝަލިސްޓް

ގްރާންޓް ނަންބަރ: D595-MV

ވޯރލްޑް ބޭންކް ރެފަރެންސް ނަންބަރ: MV-MOH-170021-CS-INDV 

ވާރލްޑް ބޭންކްއާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމެންޓް ބޭންކްގެ އެހީގައި މިމިނިސްޓްރީން ކުރިއަށްގެންދާ ކޮވިޑް-19 އިމަރޖެންސީ ރެސްޕޮންސް އެންޑް ހެލްތް ސިސްޓަމްސް ޕްރެޕެއާރޑްނެސް ޕްރޮޖެކްޓްގެ އެންވަޔަރަންމަންޓަލް ސްޕެޝަލިސްޓެއްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް http://health.gov.mv/Uploads/Downloads//Vacancy/Vacancy(242).pdf ގައި ޝާޢިއު ކުރެވިފައިވާނެއެވެ. މި މަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، މުސާރަ ކަނޑައެޅިފައިވާ ގޮތް އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް، މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ ހުށަހަޅަންވާނެއެވެ. އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ސެޓްފިކެޓްތަކުގެ އަސްލު ހިއްޕަވައިގެން ވަޑައިގެންދެއްވުންއެދެމެވެ.

ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހު 13:00ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އާއި މަތީގައި ދަންނަވާފައިވާ ލިޔުންތައް މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިމަޤާމަށް މީހަކު ހޮވުމުގައި ޢަމަލުކުރެވޭނީ ތަޢުލީމީ ފެންވަރާ މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވޯލްޑް ބޭންކުގެ ޕްރޮކިއުމަންޓް ރެގިއުލޭޝަންސް ފޯ އައި.ޕީ.އެފް ބޮރޯވަރސް އަށް ކޮންސަލްޓެންޓުން ހޯދުމަށް އެފަރާތުން ޖުލައި  2016ގައި ތައްޔާރުކޮށް ނޮވެމްބަރު  2017 އަދި އޮގަސްޓް 2018ގައި އިސްލާހުކުރެވިފައިވާ ގައިޑްލައިނާ އެއްގޮތަށެވެ.  

 

އެޑްމިނިސްޓްރޭޝަން ޑިވިޝަން

މޯލްޑިވްސް ކޮވިޑް-19 އިމަރޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރެޕެއަރޑްނެސް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް ހެލްތު

މާލެ،  ދިވެހިރާއްޖެ.

ޓެލެފޯން: 3014451, 3014443     

އީމެއިލް އެޑްރެސް: [email protected]                

               

07 އޮގަސްޓް 2020
ހޯދާ