ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލަށް އައި.ޓީ ކޮންސަލްޓަންޓެއް ބޭނުއްވެއްޖެ

     ދިވެހިރާއްޖޭގެ ބާ ކައުންސިލަށް އައި.ޓީ ކޮންސަލްޓަންޓެއް ހޯދުމަށް ކުރެވުނު (ނަންބަރު:2020/24/އައި.ޔޫ.އެލް/480) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑު ހުށަހެޅުއްވުމަށް ޙާޟިރުވެވަޑައިގެންފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އައި.ޓީ ކޮންސަލްޓަންޓަކު ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

     ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 09 އޯގަސްޓު 2020 ވާ އާދީއްތަދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އިދާރާ (ހ.އޯކިޑްމާގެ، ލޮޓަސް ގޯޅި، 1 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 11 އޯގަސްޓު 2020 ވާ އަންގާރަދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

     މި އިޢުލާނާއެކު މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅުއްވަންޖެހޭ އަންދާސީ ހިސާބު ހުށަހަޅާ ފޯމާއި، މި މަސައްކަތާބެހޭ އިތުރު ތަފްޞީލާއި މި މަސައްކަތަށް ހޮވާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކުރާ މަޢުލޫމާތު ޝީޓެއް ހިމަނާފައިވާނެއެވެ. 

     މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުމުން ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުމުން، އެދިވަޑައިގަންނަވާ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. 

05 އޮގަސްޓް 2020
ހޯދާ