މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ އަށް ބޭނުންވާ ސްޓޮކް އައިޓަމްސް ސަޕްލައިކޮށްދިނުން

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ އަށް ބޭނުންވާ ސްޓޮކް އައިޓަމްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތައް 05 އޮގަސްޓް 2020 ވާ ބުދަ ދުވަހުން ފެށިގެން 10 އޮގަސްޓް 2020 ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދެންނެވީމެވެ. މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓްކުރެވިފައި ވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 18 އޮގަސްޓް 2020 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގައި ދަރުބާރުގޭ ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 16 އޮގަސްޓް 2020 ވާ އާދީއްތަ ދުވަހު މެންދުރު 12:00ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އަދި ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަން ވަޑައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

14 ދުލްޛިއްޖާ 1441

04 އޮގަސްޓް 2020
ހޯދާ