ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލަށް އައި.ޓީ ކޮންސަލްޓަންޓެއް ބޭނުއްވެއްޖެ

    މިއަހަރުގެ އޮގަސްޓް އަދި ސެޕްޓެމްބަރުމަހުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން އިންތިޒާމްކުރާ ޓްރެއިނިންގ ޕްރޮގްރާމެއްގެ އައި.ޓީ ކަންކަން ބަލަހައްޓައިދިނުމަށް އައި.ޓީ ކޮންސަލްޓަންޓަކު ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 02 އޮގަސްޓު 2020 ވާ އާދީއްތަދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އިދާރާ (ހ.އޯކިޑްމާގެ، ލޮޓަސް ގޯޅި، 1 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 05 އޮގަސްޓު 2020 ވާ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

    މި އިޢުލާނާއެކު މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅުއްވަންޖެހޭ އަންދާސީ ހިސާބު ހުށަހަޅާ ފޯމާއި، މި މަސައްކަތާބެހޭ އިތުރު ތަފްޞީލާއި މި މަސައްކަތަށް ހޮވާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކުރާ މަޢުލޫމާތު ޝީޓެއް ހިމަނާފައިވާނެއެވެ. 

 

    މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުމުން ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުމުން، އެދިވަޑައިގަންނަވާ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.  

28 ޖުލައި 2020
ހޯދާ