މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް
ދިވެހިރާއްޖެ
ސެޓްފިކެޓް3 އިން ލޭޑީސް ޑްރެސްމޭކިންގ ކޯހުގައި ކިޔަވައިދޭނެ ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން

މަޤާމް:

 ޕާޓްޓައިމް ލެކްޗަރަރ

ޕްރޮގްރާމް/ކޯހުގެ މުއްދަތު އަދި މޮޑިއުލްސްތައް:

މުއްދަތު: 4 މަސް

މޮޑިއުލްސް:- ކެޝުއަލްވެއަރ / ޓްރެޑިޝަނަލްވެއަރ / ނައިޓް ޑްރެސް / ޗިލްޑްރަންސްވެއަރ / މެޓަރނިޓީ ވެއަރ / ހޭންޑްމޭޑް އެމްބްރޮއިޑެރީ

އުޖޫރަ:

60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

ޝަރުތު:

- ގުޅޭ ދާއިރާއަކުން ދަށްވެގެން ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ  

- މަދުވެގެން 6 އަހަރުގެ ތަޖްރިބާ ލިބިފައިވުން. (ކެންޑިޑޭޓުން ހޮވުމުގައި ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

މަޤާމުގެ މަސްއޫލިއްޔަތު:

ހަވާލުކުރެވޭ މޮޑިއުލާ ނުވަތަ މޮޑިއުލްތަކާ އެއްގޮތަށް ޕްރޮގްރާމް ކުރިއަށް ގެންދިއުން

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭކަމުގެ ސިޓީ،

ލިބިފައިވާ ތަޢުލީމާއި ތަޖްރިބާ ބަޔާންކޮށް ވަނަވަރު (ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީއާއިއެކު)،

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ،

- މަސައްކަތު ތަޖްރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

މަސައްކަތް ކުރަންޖެހޭތަން

މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (ޕަބްލިކް ސަރވިސް މީޑިއާ)

ސުންގަޑި:

06 އޯގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ 18:00 ގެ ކުރިން ހުށަހެޅުންވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

ވަޒީފާއަށް އެދި ހުށަހަޅާ ސިޓީއާއި ލިޔުންތައް މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުގެ އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.

ފޯން: 3000340 އަދި އީމެއިލް އެޑްރެސް: [email protected]

23 ޖުލައި 2020
ހޯދާ