މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވެޓެރިނަރީ ސާވިސަސްގެ އަގުތައް ބަދަލުވުމާއި ގުޅޭ

މިމިނިސްޓްރީން ވިލިމާލޭގައި ދެމުންގެންދާ ވެޓެރިނަރީ ޙިދުމަތްތަކުގެ އަގުތައް 4 އޮގަސްޓް 2020އިން ފެއްޓިގެން ބަދަލު ގެނެސްފައިވާ ވާހަކަ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މިގޮތުން ބަދަލު ގެނެވިފައިވާ ހިދުމަތްތަކުގެ އަގުތައްވަނީ ތިރީގައިވާ ތާވަލާ އެއްގޮތަށެވެ.

ހިދުމަތް

އަގު(ރުފިޔާ)

ޑޮކްޓަރަށް ދެއްކުން

-/150 ރ

ކުއްލި ހާލަތްތަކަށް ފަރުވާ ކޮށްދިނުން (ނުރަސްމީ ގަޑީގައި)

-/200 ރ

ޑޮކްޓަރަށް ދެއްކުމާއި ހޭނެއްތުން

-/150 ރ

ބުޅަލުގެ ކަންފަތް ސާފުކޮށްދިނުން

-/50 ރ

އެންޓިބައޮޓިކް އިންޖެކްޝަންޖެހުން

-/100 ރ

އެނީމާ (ބަނޑުހަރުވެފައި ހުންނަ ބުޅަލުގެ ބޮޑުކަމުދާތަކެތި ބޭރުކޮށްދިނުން)

-/100 ރ

ޔުތަނޭޝިއާ

-/400 ރ

ޖަނަވާރައް އައި.ވީ ފްލުއިޑް ދިނުން

-/100 ރ

އަންހެންބުޅާ ނުވިހާ ސަރޖަރީކުރުން (ނިއުޓާރ ކުރުން)

-/250 ރ

ފިރިހެންބުޅާ ނުވިހާ ސަރޖަރީކުރުން (ނިއުޓާރ ކުރުން)

-/200 ރ

ކޮމްޕްކްލިކޭޓެޑް ސަރޖަރީކުރުން (ކޮލޮޓޮމީ، ސިސްޓޯޓޮމީ، އިނުކްލިއޭޝަން، ގުނަވަނެއް ބުރިކުރުން، ދަތްއުފުރުން)

-/300 ރ

ވެކްސިން ޖަހައިދިނުން

-/100 ރ

މައިކްރޯޗިޕު ލައްވައިދިނުން

-/100 ރ

23 ޖުލައި 2020
ހޯދާ