މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިން ބޭރުގައި ރުއްގަސް އިންދުމާއިބެހޭ

އިޢުލާން

 ގޯތިން ބޭރުގައި ރުއްގަސް އިންދުމާއިބެހޭ

މިރަށު ދަނޑުބިން ސަރަހައްދުތަކާއި، ކައުންސިލްގެ ބެލުމުގެ ދަށުގައިހުރި ބިންތަކާއި މަގުތަކާއި ގޯޅިތަކާއި، ބަނދަރު ސަރަހައްދުގެ ބިންތަކާއި، ފަޅުހިއްކައިގެން ރަށަށް އިތުރުވެފައިވާ ބިންތަކާއި ރަށުގެ ވަށައިގެންވާ ހޭޅިފަށާއި ހުސްބިންތަކުގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް ރުއްގަސް އިންދާ ހައްދަމުން ގެންދާކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި މިކަމަކީ ޤާނޫނު ނަންބަރު: 21/98 (މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާއި ބެހޭ ޤާނޫނު) ން މަނާކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމެކެވެ. އެހެންކަމުން ރުއްގަސް އިންދަންވާނީ ޤާނޫނު ނަންބަރު: 21/98 (މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާއި ބެހޭ ޤާނޫނު) ގައި ބުނެފައިވާ ގޮތުގެ މަތިންނެވެ.

ވަގުފު ބިންތަކާއި ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ގޯއްޗާއި އެނޫންވެސް ބޭނުމަކަށް ނުވަތަ ކަމަކަށް އަދި މަސައްކަތަކަށް ދޫކޮށްފައިވާ ބިންތައް ފިޔަވާ މަގު، ގޯޅި، ހުސްބިންތައް، ހިތްކިބިންތައް، ރަށުގެ ވަލާއި، ހޭޅިފަށް އަދި ދަނޑުބިންތަކާއި ރަށުގެ ވަށައިގެން ވެލިއަރާ ރަށަށް އިތުރުވާ ބިންތައް ފަދަ ތަންތަނާއި ސަރަހައްދުތަކުގައި އެއްވެސް ފަރާތަކުން ރ.މާކުރަތު ކައުންސިލުން ހުއްދަ ނުހޯދާ ރުއްގަސް އިންދާ ހެއްދުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ.

އެއާ ޚިލާފަށް އެކި ފަރާތްތަކުން އިންދާ ހައްދާ ރުއްގަސް އެތަނަކުން ނުވަތަ ސަރަހައްދަކުން، އިތުރު އެންގުމަކާ ނުލާ ނަގާ ނުވަތަ ނައްތާލުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. އަދި ހަމައެއާއެކު އެފަދަ ރުއްގަސް ކައުންސިލުން ނަގާ އެހެން ސަރަހައްދުތަކަށް ބަދަލުކުރާއިރު ނުވަތަ ނައްތާލާއިރު އެއްވެސް ބަދަލެއް ކައުންސިލުން ހަމަޖައްސައިދެވެން ނޯންނާނެ ކަންވެސް އަންގަމެވެ. ޤާނޫނާއި ގަވާއިދާ ޚިލާފަށް ގޯތިން ބޭރުގައި އިންދާ ހައްދާ ރުއްގަސް ޝަރީޢަތަށް ހުށަހަޅައިގެން މިލްކުވެރިފަރާތެއް ކަނޑައެޅެންދެން އެފަދަ ރުއްގަހަކީ ރައްޔިތުންގެ (ކައުންސިލުގެ) ރުއްގަސް ކަމުގައި ދަންނަވަމެވެ.

ވީމާ، ޤަވާއިދާ ޚިލާފަށް ގޯތިންބޭރުގައި އިންދާފައިވާ ރުއްގަސް 30 ދުވަހުގެ ތެރޭގައި ނަގައި ބިން ސާފުކުރެއްވުމަށް އަންގާ އިޢުލާނު ކުރީމެވެ.

                 29 ޛުލްޤާއިދާ 1441

20 ޖުލައި 2020
ހޯދާ