މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު- ސޭލްސް ރެޕްރެޒެންޓޭޓިވް

މި އިޢުލާންވަނީ 30 އޮގަސްޓް 2020 12:53 ގައި ބާތިލް ކުރެވިފައެވެ.


ޢިއުލާން

މިމިނިސްޓްރީގެ ނަންބަރު IUL)101-AF/1/2020/71) އިއުލާން ގައިވާ ސޭލްސް ރެޕްރެޒެންޓޭޓިވްގެ މަގާމު ބާތިލްކޮށް އަލުން އިއުލާންކުރަމެވެ.    

މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "ސްޓްރެންތުނިންގ ދަ ލައިވްލިހުޑް އޮފް ހޯމްބޭސްޑް ވޯރކާސް އިންދަ ސާރކް ރީޖަން އިނީޝިއޭޓިވް" (SABAH Project) އަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް 1: ސޭލްސް ރެޕްރެޒެންޓޭޓިވް

އަދަދު: 02

ފެންވަރު ނުވަތަ ޝަރުތު:

  • ގްރޭޑް 10 ނިންމައިފައިވުން.
  • ގިނަވަގުތު މަސައްކަތް ކުރެވުން އަދި ޝިޕްޓް ޑިއުޓީ އަދާ ކުރެވުން
  • ކޮމްޕިއުޓަރު ބޭނުންކުރަން އެނގުން
  • އިނގިރޭސި ބަހުންނާއި ދިވެހިބަހުން މުޢާމަލާތްކުރަން އެނގުން.
  • ފިހާރައެއް ނުވަތަ ރެސްޓޯރެންޓެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

މަސައްކަތް ކުރަންޖެހޭ ތަން: ލޯކަލް މާރުކޭޓް(ހުޅުމާލެ)

މުސާރަ:  4,900 ރުފިޔާ

ސާރވީސް އެލަވަންސް: 2,100 ރުފިޔާ (މަސައްކަތަށް ނުނިކުންނަ ކޮންމެ ދުވަހަކަށް 70 ރުފިޔާ އުނިކުރެވޭނެއެވެ.)

ވަޒީފާގެ މުއްދަތު: 1 އަހަރު

ވަޒިފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރިޚަކީ 9 އޮގަސްޓް 2020 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިންނެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ، ސީ.ވީ.، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 09:00 – 13:00 އާ ދެމެދު 3003018/7220077 އަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

20 ޖުލައި 2020
ހޯދާ