ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ސިޓީ ކައުންސިލްގެ ދެ އިމާރާތުގައި ސޯލާޕެނަލް ހަރުކުރުމާއި ބެހޭ

     ފުވައްމުލަކު ސިޓީ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ކައުންސިލްގެ ދެ އިމާރާތުގައި ސޯލާ ޕެނަލްހަރުކޮށް، ކަރަންޓު ވިއުގައާއި ގުޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

     ވީމާ،  މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

     ރަޖިސްޓްރީ ކުރުމަށްޓަކައި -/2500 (ދެހާސް ފަސްސަތޭކަ) ރުފިޔާ ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 20 ޖުލައި 2020 ން 09 އޯގަސްޓް 2020 ގެ 13:00 އަށް، އިލެކްޓްރޯނިކް ޒަރީއާއިންނެވެ. ރެޖިސްޓްރޭޝަން ފީ ދެއްކެވުމަށް ޖަމާ ކުރައްވަންޖެހޭ ބޭންކް އެކައުންޓުގެ މަޢުލޫމާތު ތިރީގައިވާ އީމެއިލް އެޑްރެހަށް ރިކުއެސްޓް ކުރުމުން ޙިއްސާ ކުރެވޭނެއެވެ.  އަދިފައިސާ ދެއްކެވުމަށްފަހު އަންނަނިވި މަޢުލޫމާތު މި އިޢުލާނުގައިވާ އީމެއިލް އަށް ފޮނުއްވުމުން ނުވަތަ ކައުންސިލްގެ ޕްރޮކިއުމަންޓް ޔުނިޓަށް ހުށަހެޅުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ.

 - އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް

- އެޕްލިކޭޝަނާ ގުޅޭގޮތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯނު ނަންބަރު

- ފައިސާ ދެއްކި ކަމުގެ ރަސީދު ނުވަތަ ޓްރާންސެކްޝަން ސްލިޕްގެ ކޮޕީ

    ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 10 އޯގަސްޓް 2020 ވާ ހޯމަ ދުވަހުގެ  13:00 ގެ ކުރިން އީމެއިލުންނެވެ. އީމެއިލުން ނުފޮނުވޭ ފަރާތްތަކަށް ބީލަންކަރުދާސް ސީޑީ އަށް އެޅުމަށްފަހު ސީޑީ ދޫކުރެވޭނެއެވެ. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 14 އޯގަސްޓް 2020 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. ސުވާލްތަކަށް 15 އޯގަސްޓް 2020 ގެ 13:00 ގެ ކުރިން ޖަވާބު ދެވޭނެއެވެ.

ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ކުރުން

ކައުންސިލްގެ ޕްރޮކިއުމަންޓް ޔުނިޓް (އީމެއިލް ނުވަތަ ފޯނުން)

20 ޖުލައި 2020 ން 09 އޯގަސްޓް 2020 ގެ 13:00 އަށް

ބީލަން ހުށަހެޅުން

ކައުންސިލްގެ މީޓިންގ ރޫމް

16 އޯގަސްޓް ގެ 10:00 އަށް

    ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

     

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

ފޯން: 6862829،6862830

އީމެއިލް: [email protected]

19 ޖުލައި 2020
ހޯދާ