ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުދަ އެރުމުގެ ހާދިސާގައި ލިބުނު ގެއްލުން ދެނެގަތުން

             މިހިނގާ ޖުލައިމަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން މިރަށް (ތ. މަޑިފުށި) ހިމެނޭގޮތަށް ރާއްޖޭގެ އެކި ރައްތަކަށް އުދައެރުމުގެ ހާދިސާތައް ދިޔައީ ކުރިމަތިވަމުންނެވެ. އަދި ދެންނެވުނު އުދައެރުމުގެ ހާދިސާތަކުގެ ސަބަބުން ވަކިވަކި ފަރުދުންގެ މުދަލަށް ލިބިފައިވާ ގެއްލުމުގެ ތަފުޞީލު ހޯދަން ބޭނުންވެއެވެ.

             ވީމާ، 2020 ޖުލައި 09 އިންފެށިގެން 2020 ޖުލައި 12 އާއި ހަމައަށް ހިނގި އުދައެރުމުގެ ހާދިސާތަކުގައި، އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ، ލިބިފައިވާ ގެއްލުމުގެ ތަފުޞީލު  19 ޖުލައި 2020 ވާ އާދީއްތަ ދުވަހުގެ އޮފީސްބަންދުވުމުގެ ކުރިން ތ. މަޑިފުށީ ކައުންސިލްގެ އިދާރާއަށް ހުށައެޅުމަށް ދަންނަވަމެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6780034 އަށް ގުޅުއްވުން އެދެމެވެ.

             މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ޖުލައި 2020
ހޯދާ