ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު މުރާޖަޢާކުރުން

1440 ވަނަ އަހަރުގެ މުދަލުޒަކާތް ބެހުމަށްޓަކައި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު މުރާޖަޢާކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ނިންމާފައިވާތީ، މިހާރު އެކުލަވާލާފައިވާ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފޯމު ހުށަށެހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލައްވާފައެވެ. މިއަހަރު (1441) ފިޠުރު ޒަކާތް ބަހާފައިވާ ދަފްތަރުގައި ހިމެނޭ ފަރާތްތަކުން ދަފްތަރުގައި އަލުން ރަޖިސްޓްރީ ވުމަށް އެދި ފޯމު ހުށަހަޅަން ނުޖެހޭނެކަމަށް މިނިސްޓްރީން ވަނީ ޢާއްމުކޮށް އަންގާ އިޢުލާނުކޮށްފައެވެ. މިފުރުޞަތަކީ ދަފްތަރުގައި ރަޖިސްޓްރީވެފައިނުވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ. މީގެ އިތުރުން ދަފްތަރުން ވަކިވުމަށް ބޭނުންފުޅުވާ ފަރާތްތަކާއި، ދިރިއުޅޭ ރަށް ބަދަލުވެ މިހާރުގެ ރަށުގެ ދަފްތަރަށް ބަދަލުވުމަށް އެދޭނަމަ، އެކަން ބަޔާންކޮށް ސިޓީހުށަހެޅުމަށްވެސް މިނިސްޓްރީއިން ވަނީ އަންގާފައެވެ.

 ކައުންސިލް އިދާރާއިން ފޯމް ދޫކުރުމާއި ބަލައިގަތުން:

  • ފޯމް ދޫކުރުން: 07 ޖުލައި 2020 ން 23 ޖުލައި 2020 އަށް ބަންދު ނޫންކޮންމެ ދުވަހެއްގެ 08:00 ން 13:00 އަށް ކައުންސިލް އިދާރާގެ ރަސްމީ ކައުންޓަރުން
  • ފޯމް ބަލައިގަތުން: 07 ޖުލައި 2020 ން 23 ޖުލައި 2020 އަށް ބަންދު ނޫންކޮންމެ ދުވަހެއްގެ 09:00 ން 13:00 އަށް

 ވީމާ، މިގޮތުގެ މަތިން އަމަލުކުރެއްވުމަށް ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

07 ޖުލައި 2020
ހޯދާ