މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ރާއްޖޭގައި މަސައްކަތްކުރަން އައުމަށް ހުއްދަދެވޭ ބިދޭސީންނަށް ދޫކުރެވޭ އެމްޕްލޯއިމަންޓް އެޕްރޫވަލްއާ ގުޅޭ

 

އިޢުލާން

  

ރާއްޖޭގައި މަސައްކަތްކުރަން އައުމަށް ހުއްދަދެވޭ ބިދޭސީންނަށް ދޫކުރެވޭ އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތުގެ ގޮތުގައި، ހުއްދަ ދޫކުރެވޭ ތާރީޚުން ފެށިގެން 90 ދުވަހުގެ ތެރޭގައި ބިދޭސީ މީހާ ރާއްޖެ އަންނަން ޖެހޭނެކަމަށް ކަނޑައަޅާފައިވާނެއެވެ. ނަމަވެސް،  މުޅިދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ ކޮވިޑް-19ގެ ހާލަތާ ގުޅިގެން، ޤައުމުތަކުގެ ދަތުރުފަތުރުގެ ނިޒާމް މެދުކެނޑިފައިވާތީ، ހާލަތަށް ރިޢާޔަތްކޮށް 2019 ޑިސެމްބަރ 01 ވަނަ ދުވަހުން ފެށިގެން ދޫކޮށްފައިވާ އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު ހަމަވާނީ ރާއްޖޭގެ ބޯޑަރ ހުޅުވާލެވޭ ދުވަހުން ފެށިގެން 90 ދުވަސް ހަމަވާ ދުވަހަށް ކަމުގައި ދަންނަވައި، މިކަން އާއްމުކޮށް އަންގައި އިޢުލާން ކުރަމެވެ.

15 ޖުލައި 2020
ހޯދާ