ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ބަލާ ކޮމިޝަނުގައި މަސައްކަތް ކުރުމަށް ވޮލަންޓިއަރުން ހޯދުމާ ގުޅޭ

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަން

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މާލެ' ދިވެހިރާއްޖެ

 

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ބަލާ ކޮމިޝަނުގައި މަސައްކަތް ކުރުމަށް ވޮލަންޓިއަރުން ހޯދުމާ ގުޅޭ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކަށައަޅައިފައިވާ ޤަރާރު ނަންބަރު 2020/1 އިން އުފައްދާފައިވާ  "ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަން" އިން ކުރަމުންދާ އިންކުއަރީ މަސައްކަތުގައި ބައިވެރިވުމަށް، ކްލިނިކަލް އިންޓަވިއު އަދި ފައިލް ރިވިއު ކުރުމަށްޓަކައި، ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ.

 

ކްލިނިކަލް އިންޓަވިއު ކުރިއަށް ގެންދިއުމަށްޓަކައި

ބޭނުންވާ އަދަދު:   5 (ފަހެއް)

މަސައްކަތްކުރަޖެހޭ ގަޑި : ވޮލަންޓިއަރ ކުރާ ފަރާތްތަކާއި ކޮމިޝަންއާ ދެމެދު އެއްބަސްވެވޭ ގަޑިތަކެއްގައި

ޝަރުތު: ސައިކޮލޮޖީ، ސޯޝަލް ވާރކް ނުވަތަ ކައުންސެލިންގ ގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު، ދިވެހިރާއްޖޭގައި އެލައިޑް ހެލްތު ކައުންސިލްގައި ރެޖިސްޓަރ ކޮށްފައިވާ ފަރާތެއްކަމުގައި ވުން

މި މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތުތައް:

       -  މި ކޮމިޝަނުން ރާވާ ގޮތެއްގެ މަތިން އެކި ފަރާތްތަކާއި އިންޓަވިއު ކުރުން.

       -  ކޮމިޝަންގެ މަސައްކަތް ޙާޞިލްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން

 

ފައިލް ރިވިއު ކުރުމުގެ މަސައްކަތަށް

ބޭނުންވާ އަދަދު:   5 (ފަހެއް)

މަސައްކަތްކުރަޖެހޭ ގަޑި : ވޮލަންޓިއާ ކުރާ ފަރާތްތަކާއި ކޮމިޝަންއާ ދެމެދު އެއްބަސްވެވޭ ގަޑިތަކެއްގައި

ޝަރުތު: ސައިކޮލޮޖީ، ސޯޝަލް ވާރކް ނުވަތަ ކައުންސެލިންގ ގެ ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލްކޮށްފައިވުން ނުވަތަ އެ ދާއިރާއިން  ތައުލީމު ހާޞިލް ކުރަމުން ދިޔުމާއެކު، 2 އަހަރު ފުރިހަމަ ކޮށްފައިވުން (އަންޑަރ ގްރެޑުއޭޓް ސްޓޫޑަންޓް)

މި މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތުތައް:

      -  މި ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކަށް ކޭސް ފައިލްތައް ރިވިއު ކުރުން

      -  ކޮމިޝަންގެ މަސައްކަތް ޙާޞިލްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން

 

އެންމެ ޤާބިލު ފަރާތްތައް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

 

މިކޮމިޝަނުގައި ވޮލަންޓިއަރ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން، 2020 ޖުލައި 20 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ވޮލަންޓިއަރ ކުރުމަށް އެދޭ ފަރާތުގެ ވަނަވަރު މި ކޮމިޝަންގެ [email protected]  އީމެއިލަށް ފޮނުއްވުން އެދެމެވެ. ވަނަވަރު ހުށަހަޅުއްވާއިރު، ރިފަރެންސެއްގެ ގޮތުގައި ގުޅޭނެ ފަރާތެއް/ފަރާތްތަކުގެ ނަމާއި، ފޯނު ނަންބަރު ހިމަނަންވާނެއެވެ. ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރަން އެދިލައްވާ ފަރާތްތަކުގެ ޤާބިލުކަން ދެނެގަތުމަށްޓަކައި، ރިފަރެންސެއްގެ ގޮތުގައި ހިމަނުއްވާފައިވާ ފަރާތަށް ގުޅާ މަޢުލޫމާތު ސާފުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި، މަތީގައިވާ މެއިލް އެޑްރެސްއަށް އީމެއިލްކުރެއްވުން އެދެމެވެ.

 

 

14 ޖުލައި 2020
ހޯދާ