ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތި މަރާމާތުކުރުން

މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު މަގުތަކުގައި ޖަހާފައިހުރި ''މަގުބައްތި'' ތަކުގެ ތެރެއިން ބައެއް ބައްތިތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި (IUL)384-A/2020/36 ނަމްބަރ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާތީ، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 15 ޖުލައި 2020ވާ ބުދަ ދުވަހުގެ 13:00އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 16 ޖުލައި 2020ވާ  ބުރާސްފަތި ދުވަހުގެ 13:00އަށް ވަޑައިގެން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780034 މިނަމްބަރަށެވެ. މަޢުލޫމާތު ސާފް ކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ.

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ޖުލައި 2020
ހޯދާ