ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ބެޑްމިންޓަން އެސޯސިއޭޝަނުގައި ރަޖިސްޓްރީވެފައިވާ ކުލަބް/ޖަމްޢިއްޔާ އަދި އަމިއްލަ މެންބަރުންނަށް އެކުވެނި އިންޑޯހޯލް ޝެޑިއުލްކޮށްގެން ބޭނުންކުރުމުގެ ފުރުޞަތު ހުޅުވާލުން.

ބެޑްމިންޓަން އެސޯސިއޭޝަނުގައި ރަޖިސްޓްރީވެފައިވާ ކުލަބް/ޖަމްޢިއްޔާ އަދި އަމިއްލަ މެންބަރުންނަށް އެކުވެނި އިންޑޯހޯލް ޝެޑިއުލްކޮށްގެން ބޭނުންކުރުމުގެ ފުރުޞަތު ހުޅުވާލުން.

 

  1. 01 ޖުލައި 2020 ން ފެށިގެން ބެޑްމިންޓަން އެސޯސިއޭޝަނުގެ ޕޫލްތައް ފަރިތަކުރާ ގަޑިތައް ފިޔަވައި ހޯލު ހުޅުވާފައި ހުންނަ އެހެން ގަޑިތަކުގައި ކްލަބް/ޖަމިއްޔާ އަދި އަމިއްލަ މެމްބަރުންގެ ތެރެއިން މި ހިނގާ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރއަށް މެންބަރޝިޕް ފީ ދައްކާފައިވާ ފަރާތްތަކަށް ހޯލު ޝެޑިއުލްކޮށްގެން ބޭނުންކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
  2. 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އަށް ފީ ދައްކާފައިވާ އެންމެހާ ފަރާތްތަކުން 2 ވަނަ ކުއާޓަރގެ ފީ ދައްކާކަށް ނުޖެހޭނެއެވެ.
  3. އެކުވެނި އިންޑޯ ކޯޓްތައް ޝެޑިއުލްކޮށްގެން ބޭނުންކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީ ވެފައިވާ މެމްބަރުންނަށް ކަމުގައި ވާތީ، ކުޅެން ވަޑައިންނަވާއިރު މެމްބަރޝިޕް ކާޑު ގެންނެވުމަށް ދެންނެވީމެވެ. އަދި ހޯލަށް ވަދެވޭނީ މެމްބަރޝިޕް ކާޑު ގެންނަ ފަރާތްތަކަށް އެކަންޏެވެ.
  4. އެކުވެނި އިންޑޯ ކޯޓްތަކުގައި ކުޅެވޭނީ ހަމަ އެކަނި ނަން މާރކިންގް ސިލިކަން ލޭޔަރ ހުންނަ އިންޑޯ ބެޑްމިންޓަން ކުޅުމަށް ޚާއްޞަ ކުރެވިފައިވާ ބޫޓުގައި އެކަނި ކަން މަޢުލޫމާތަށްޓަކައި ދަންނަވަން، ކޯޓްގެ މެޓް ހަލާކުވާފަދަ މިނޫން ބޫޓެއްނަމަ އެފަދަ ފަރާތްތަކަށް ކުޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަނަވަން.
  5. އިންޑޯ ބެޑްމިންޓަށް ބޫޓަށް އަރަންވާނީ އިނޑޯ ހޯލަށް ވަނުމަށްފަހުގައެވެ.
  6. ޝެޑިއުލް ކުރުމަށް ބެޑްމިންޓަން އެސޯސިއޭޝަނަށް އެދެންވާނީ، ޝެޑިއުލް ކުރަން އެދޭ ދުވަހުގެ އެއް ދުވަސް ކުރިންނެވެ.
  7. ކްލަބް/ޖަމްޢިއްޔާ އަދި އަމިއްލަ މެމްބަރުންގެ ގަޑިތަކުގައި އެއްވަގުތެއްގައި ކޯޓަކަށް ގިނަވެގެން ކަނޑައަޅާނީ 8(އަށެއް)ކުޅުންތެރިންނެވެ.
  8. އަމިއްލަ މެމްބަރުން ޝެޑިއުލް ކުރަން އެދޭއިރު މަދުވެގެން 6(ހައެއް) ގިނަވެގެން 8(އަށެއް) މެމްބަރުންގެ މަޢުލޫމާތު ހިމެނޭ ގޮތަށް ރިކްއެސްޓް ރިކުއެސްޓް ކުރުމަށް ދަންނަވަން.
  9. ކޯޓު ވަގުތުގެ ގޮތުގައި ކަނޑައަޅާފައިވަނީ 120 މިނިޓެވެ. ކޯޓުވަގުތުގެ ގޮތުގައި ބަލާފައިވަނީ އިންޑޯ ހޯލަށް ވަންނަ ވަގުތުން ފެށިގެން ނުކުންނަ ވަގުތާ ހަމައަށެވެ. (ވޯމް އަޕް، ގޭމް އަދި ކޫލްޑައުންވެސް ހިމެނޭނީ މިވަގުތުގެ ތެރޭގައެވެ.)
  10. ކުޅުންތެރިން ހާޟިރުވާންވާނީ އެ ކުޅުންތެރިންނަށް ކަނޑައެޅިފައިވާ ގަޑީގައެވެ، އަދި އެބަޔަކަށް ލިބިފައިވާ ވަގުތު ހަމަވުމުން ލަސްނުކޮށް ޖެހިގެން އޮތް ފަރާތަށް ފުރުޞަތު ދިނުމުގެ ގޮތުން ހޯލުން ބޭރަށް ނިކުންނަންވާނެއެވެ.
  11. ކޮންމެ ދުވަހެއްގެ ހެންދުނު 9:00ން މެންދުރުފަހު 14:00ށް ލިބޭ ރިކްއެސްޓްތަކަށް ބަލައި، ޖެހިގެން އަންނަ ދުވަހުގެ ކޯޓް ޝެޑިއުލް ތައްޔާރުކޮށް ބެޑްމިންޓަން އެސޯސިއޭޝަންގެ ވައިބަރ ކޮމިއުނިޓީއަށް އަދި ނޯޓިސް ބޯޑުގައި ޢާންމުކުރާނެއެވެ.
  12. ބެޑްމިންޓަން އެސޯސިއޭޝަން ޕޫލުގަޑިތަކުގައި އާންމު މެންބަރުން، ކްލަބުތައް އަދި އެހެނިހެން ފަރާތްތަކަށް ހޯލު ބަންދުވާނެއެވެ.
  13. ސަމާލުވާން ޖެހޭ ކަންތައްތައް
  • ޢިޖުތިމާއީ ގައިދުރުކަން ބެހެއްޓުން / މާސްކް ބޭނުންކުރުން
  • ސެނިޓައިޒަރ ބޭނުން ކޮށްގެން އަތްސާފު ކުރުމާއި ގިނަގިނައިން ބޭނުން ކުރާ ސާމާނު ޑިސްއިންފެކްޓް ކުރުން
  • ކޮވިޑްގެ ޢަލާމާތެއް ހުރެގެން ނުވަތަ ކޮވިޑް އަށް ފައްސިވެފައިވާ މީހަކާ ކޮންޓެކްޓް ވެފައިވާނަމަ އެކަން ކަމާބެހޭ ފަރާތްތަކަށް އަންގައި އެފަރާތްތަކުގެ އިރުޝާދާއި އެއްގޮތަށް ޢަމަލުކުރުން

ކޯޓް ޝެޑިއުލް ކުރެވޭ ގަޑިތައް:

05:30-07:30   ކްލަބް/ޖަމްޢިއްޔާ އަދި އަމިއްލަ މެމްބަރުން

07:30-09:30   ކްލަބް/ޖަމްޢިއްޔާ އަދި އަމިއްލަ މެމްބަރުން

08:30-11:30  ބީ.އޭ.އެމް ޕޫލް

11:30-13:30  ކްލަބް/ޖަމްޢިއްޔާ އަދި އަމިއްލަ މެމްބަރުން

14:30-18:30  ބީ.އޭ.އެމް ޕޫލް

18:15-20:15  ކްލަބް/ޖަމްޢިއްޔާ އަދި އަމިއްލަ މެމްބަރުން

20:15-22:15  ކްލަބް/ޖަމްޢިއްޔާ އަދި އަމިއްލަ މެމްބަރުން

 

ކޯޓް ޝެޑިއުލް ކުރުމަށް ބޭނުންވާނެ މަޢުލޫމާތު:

އަމިއްލަ މެމްބަރުން ޝެޑިއުލް ކުރަން އެދޭއިރު މަދުވެގެން 6(ހައެއް) ގިނަވެގެން 8(އަށެއް) މެމްބަރުންގެ މަޢުލޫމާތު

  • ކުޅުންތެރިންގެ ފުރިހަމަނަން
  • އައި.ޑީ.ކާޑު ނަމްބަރ
  • ކުޅުންތެރިންގެ މެމްބަޝިޕް ނަމްބަރު (2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އަށް ފީދައްކާފައިވާ)
  • ކޯޓް ޝެޑިއުލް ކުރަންބޭނުންވާ ގަޑި

 

ކުލަބް/ޖަމްޢިއްޔާ ތަކަށް ޝެޑިއުލްކުރުމަށް ރިކުއެސްޓު ކުރުމުން ކުލަބް/ޖަމްޢިއްޔާގެ މެމްބަރުންގެ އަދަދަށް ބަލައި ކޯޓު ޝެޑިއުލް ކުރެވޭނެއެވެ.

 

ނޯޓް: ކޯޓް ޝެޑިއުލްކުރުމުގައި އިސްކަންދެވޭނީ ރިކުއެސްޓުކުރެވޭ ތަރުތީބުންނެވެ.

ކޯޓް ޝެޑިއުލް ކުރުމަށް:

  • 9924444 އަށް ވައިބަރ ކުރަށްވާ

 

ކޮންމެ ދުވަހެއްގެ ހެންދުނު 9:00ން މެންދުރުފަހު 14:00ށް ލިބޭ ރިކްއެސްޓްތަކަށް ބަލައި، ޖެހިގެން އަންނަ ދުވަހުގެ ކޯޓް ޝެޑިއުލް ތައްޔާރުކޮށް ބެޑްމިންޓަން އެސޯސިއޭޝަންގެ ވައިބަރ ކޮމިއުނިޓީއަށް އަދި ނޯޓިސް ބޯޑުގައި ޢާންމުކުރާނެއެވެ.

 

................................................................................................

13 ޖުލައި 2020

13 ޖުލައި 2020
ހޯދާ