ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

   ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ފަރުނީޗަރު ހޯދުމަށް 9 ޖުލައި 2020ގައި ކުރެވުނު އިޢުލާނު ނަންބަރު 2020/20/އައި.ޔޫ.އެލް/480 ގައި މަޢުލޫމާތުޝީޓު ފޯރުކޮށްދެވިފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށް، ފަރނީޗަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ. 

އަދަދު

ތަފްޞީލް

8

ވޯކް ސްޓޭޝަން

1

އެގްޒެކެޓިވް މޭޒު

   ވީމާ، މިތަކެތި ސަޕްލައިކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 16 ޖުލައި 2020 ގެ 10:00 އަށް ބާ ކައުންސިލްގެ އޮފީހަށް (ހ.އޯކިޑުމާގެ، ފުރަތަމަ ފަންގިފިލާ، ލޮޓަސްގޯޅި، ކ. މާލެ) އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

   މި މަސައްކަތާބެހޭ އިތުރު ތަފްޞީލާއި މި މަސައްކަތް ކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކުރެވިފައިވާ މަޢުލޫމާތު ޝީޓާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމު މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް 15 ޖުލައި 2020ގެ 10:00ގެ ކުރިން އީމެއިލްކުރެއްވުން އެދެމެވެ.

ނޯޓް: ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ އެވެ. އަދި  މި ތަކެއްޗައް އަގު ހުށަހަޅުއްވާއިރު މަޢުލޫމާތު ޝީޓުގައިވާ މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތައް ބާޠިލް ކުރެވޭނެވާހަކަވެސް ދެންނެވީމެވެ.

13 ޖުލައި 2020
ހޯދާ