ފޭދޫ ސްކޫލް/ސ.ފޭދޫ
ދިވެހިރާއްޖެ
ކޮޓަރިއެއް ކުއްޔަށް ހިފުމާއި ގުޅޭ

މި ސްކޫލަށް ކޮޓަރިއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ. މި އިޢުލާނުގެ ދަށުން  ކުއްޔަށް ދޫކުރާ ކޮޓަރިއަކީ، ތިރީގައި މި ދަންނަވާ ކަންތައްތައް ފުރިހަމަވެފައިވާ ކޮޓަރިއެއް ކަމުގައި ވާންވާނެއެވެ.

  • 1 ކޮޓަރި އެޓޭޗްޑް ފާޚާނާ އާއިއެކު.
  • ކޮޓަރި އަދި ފާޚާނާގައި ތަށިމުށި ޖަހައި، ސީލިންގކޮށްފައިހުރުން.
  • ކޮޓަރީގައި ހުންނަންޖެހޭ ފަރުނީޗަރު (އޭސީ، 1 ޑަބަލްބެޑް، 1 އަލަމާރި، 1 މޭޒު އަދި 1 ގޮނޑި) ހުރުން.
  • ދޮވެ އިސްތިރިކުރެވޭނެގޮތް ހަމަޖެހިފައި ހުރުން.

ވީމާ، ބަޔާންކުރެވުނު ކަންތައްތައް ފުރިހަމަވެފައިވާ ކޮޓަރިއެއް ކުއްޔަށް ދޫކުރުމަށް ބޭނުންވާ ފަރާތްތަކުން 19 ޖުލައި 2020 ވަނަ ދުވަހުގެ 10:30 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2020 ޖުލައި 23 ވަނަ ދުވަހުގެ 10:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދަންނަވަމެވެ. 

މިއިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6892546  ނަންބަރު ފޯނާއެވެ. 

22 ޛުލްޤަޢިދާ 1441

13 ޖުލައި 2020

13 ޖުލައި 2020
ހޯދާ