ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް
ދިވެހިރާއްޖެ
ހުކުރު މިސްކިތުގެ ސެކިއުރިޓީ 1 އަހަރު ދުވަހަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބުބޭނުންވެއްޖެ

 

ހުކުރު މިސްކިތް އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރަމުންދާތީ، މިސްކިތުގެ ސެކިއުރިޓީ 1 އަހަރު ދުވަހަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ނަންބަރު (IUL)473/INDIV/2019/10 (23 ފެބްރުއަރީ 2020) އިޢުލާނަށް ހުށަހެޅި އަންދާސީ ހިސާބުތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ، އެއިޢުލާން ބާތިލްކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތްތެއް ހޯދުމަށް ފުރުސަތު ހުޅުވާލަމެވެ. ވީމާ ތިރީގައި ދެންނެވިފައިވާ މަޢުލޫތާއި އެއްގޮތަށް މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 ޖުލައި 2020 ވާ ބުދަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ޤައުމީ ދާރުލްއާސާރުއަށް ވަޑައިގެންދެއްވުން އެދެމެވެ. މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  • 24 ގަޑިއިރު ޝިފްޓް ޑިއުޓީ އަދާކުރުން.
  • ހުކުރު މިސްކިތުގެ ދެކުނު ފަރާތު ދޮރާއްޓާއި، އުތުރު ފަރާތު ދޮރާއްޓާއި، ހުކުރު މިސްކިތުގެ އިރު ދެކުނު ފަރާތު ޕާރކު ދޮރާއްޓާއިއެކު ޖުމުލަ ތިން ދޮރާށީގައި ކޮންމެ ދޮރާއްޓެއް ކައިރީ ޑިއުޓީގައި މަދުވެގެން އެކަކު ހުންނަންވާނެއެވެ.
  • ތިން މީހުން ޑިއުޓީގައި ތިބޭއިރު އިސްކޮށް ދިވެއްސަކު ޑިއުޓީގައި ހުންނަންވާނެއެވެ. (ބިދޭސީން ބައިތިއްބާނަމަ އިސްމީހެއް ގޮތުގައި ދިވެއްސެއް ހުންނަންވާނެއެވެ.
  • ޑިއުޓީގައި ހުންނަ މީހާ އެތަން ދޫކޮށް ދާނަމަ އެހެން މީހަކު ޑިއުޓީގައި ބަހައްޓަން ވާނެއެވެ.
  • ސިއްޙަތު ރަނގަޅު މަސައްކަތުގައި އުޅެވޭނޭ މީހެއްކަމުގައިވުން
  • 55 އަހަރަށްވުރެ އުމުރުން ދޮށީ މީހެއްކަމުގައި ނުވުން.
  • ޑިއުޓީގައި ހުންނަ މީހާ ހުންނަންވާނީ އެ ކުންފުންޏެއްގެ ނުވަތަ އެ ފަރމެއްގެ ސެކިއުރިޓީ ޔުނީފޯމުގައެވެ. އަދި މީހާގެ ވަނަވަރު އެނގޭނެފަދަ ފާހެއް އޮންނަންވާނެއެވެ.
  • ދިވެހި އަދި އިނގިރޭސި ބަހުން ވާހަކަ ދައްކަން އެނގޭނެ މީހެއްކަމުގައިވުން.
  • ދިވެހިންނަށް އިސްކަންދެވޭނެއެވެ. (ކަނޑައެޅިފައިވާ އަދަދަށް ދިވެހިން ހަމަނުޖެއްސޭނަމަ މަދުވެގެން އެކަކު ދިވެހި މުވައްޒަފެއްގެ ގޮތުގައި ހުންނަންވާނެއެވެ. އަދި އެމީހަކީ ދިވެހި ބަސް ފިޔަވައި އިނގިރޭސި ބަހުން ވާހަކަ ދައްކަން އެނގޭ މީހެއް ކަމުގައި ވާންވާނެއެވެ.)
  • ހުކުރު މިސްކިތަކީ މުހިންމު އާސާރީ އަދި ދީނީ ގޮތުން މުހިންމު ތަނެއް ކަމުން އެތަނުގެ ހުރުމަތް ކެނޑޭނެ ކަހަލަ އެއްވެސް އަމަލެއް ނުހިންގުން.

 

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

 

  • މަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމެންޓް ޔުނިޓް

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު

ޤައުމީ ދާރުލްއާސާރު 

ޗާންދަނީމަގު، މާޅެ، ދިވެހިރާއްޖެ

ފޯން: 3340202 / 3323206

އީ-މެއިލް: [email protected]

ކޮޕީ މެއިލް: [email protected]

‏‏

‏‏‏‏18 ޛުލްޤަޢިދާ 1441

09 ޖުލައި 2020

12 ޖުލައި 2020
ހޯދާ