ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މިއަތޮޅުގެ މެޖިސްޓްރޭޓު ކޯޓުތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުން

ނަންބަރު: 13/2020/(IUL)P2C

އިޢުލާން

 

މިއަތޮޅުގެ މެޖިސްޓްރޭޓު ކޯޓުތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުން

 

ތިރީގައި މިދަންނަވާ ތަކެތި މިކޯޓަށް ސަފްލައި ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު މިކޯޓުގެ ނަންބަރު 12/2020/(IUL)P2Cއިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް ކޯޓޭޝަންތައް ލިބިފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް މިކަން ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.

އަދަދު

ތަފްޞީލް

45

ސެނިޓައިޒަރ ފުޅި  500 އެމްއެލް

450

ޑިސްޕޯސަލް މާސްކު

20

ޑިސްއިންފެކްޓް ސޮލިއުޝަން 500 އެމްއެލް

 

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ޖުލައި 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކުރައްވައި އަދި މެއިލް މިކޯޓަށް ލިބުނުކަން 7477717 ނަންބަރަށް ގުޅުއްވައި ޔަޤީން ކުރަން ވާނެއެވެ.

 

މަޢުލޫމާތު

 

  1. ހުށަހަޅުއްވާ ކޯޓޭޝަންގައި ޖުމުލަ އަގު (ޖީއެސްޓީއާއެކު) ތަފްސީލް އެނގޭނެހެން ބަޔާންކޮށްފައި އޮންނަށްވާނެއެވެ.
  2. ތަކެތި ފޯރުކޮށްދިނުމަށް އަގު ހުށަހަޅަންވާނީ ކްރެޑިޓަށް ކޮށްދެވޭނެ އަގެކެވެ.
  3. ކޯޓޭޝަންތައް ހުށަހެޅުމަށް ދެންނެވިފައިވާ މުއްދަތުގެ ފަހުން ލިބޭ ކޯޓޭޝަންތައް ބަލައި ނުގަނެވޭނެއެވެ.
  4. އިވެލުއޭޝަންގައި މާކްސް ދިނުމާއި، ތަކެތި ފޯރުކޮށްދިނުމަށް ހަވާލުކުރުމުގައި ބަލާނީ އެންމެ އަގުހެޔޮކޮށް އަދި އެންމެ ކުޑަ މުއްދަތެއްގައި ތަކެތި ފޯރުކޮށްދިނުމަށް ހުށަހަޅާފައިވާ ފަރާތަކާއެވެ. އެގޮތުން އަގަށް 75 އިންސައްތަ މާކްސް އަދި ތަކެތި ފޯރުކޮށްދޭ މުއްދަތަށް 25 އިންސައްތަ މާކްސް ދެވޭނެއެވެ.
  5. ތަކެތި ފޯރުކޮށްދޭނެ މުއްދަތު ޖަހާނީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ.
  6. ކުންފުނި، ޕާޓްނަރޝިޕް އަދި ލޯކަލް އިންވެސްޓްމަންޓެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ އަދި ޖީއެސްޓީ ރަޖިސްޓްރޭޝަންގެ ކޮޕީ ހުށަހަޅަން ވާނެއެވެ.
  7. މަޢުލޫމާތު ސާފުކުރެއްވުމަށް 7477717 އަށް ގުޅުއްވުން އެދެމެވެ.
12 ޖުލައި 2020
ހޯދާ