ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ، ލޭބަރ (ރ.މާކުރަތު ބްރާންޗް)

ނަންބަރު: FNK/A/IUL/2020/176 

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ރ.މާކުރަތު ބްރާންޗަށް ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހުން ހޯދުމަށް ބޭނުންވެއެވެ.

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

އެޗް.އާރް ބިލިންގ، ސޭލްސް ކަލެކްޝަން އެންޑް ކްރެޑިޓް ކޮންޓްރޯލް

ޑިޕާޓްމަންޓް:

ރ.މާކުރަތު ބްރާންޗް

މަސައްކަތް ކުރަންޖެހޭތަން:

3000ރ. (ތިންހާސް ރުފިޔާ)

މުސާރަ:

މުސާރައިގެ %30

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ހާޟިރީ އެލަވަންސް:

މުސާރައިގެ %50

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާން ފުރިހަމަ ކޮށްފައިވުން، ނުވަތަ

(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ ވަކިވަކި ދާއިރާތަކުގެ އޮނިގަނޑު ތަކުގައި އެދާއިރާއަކުން ޖީ.އެސް 1 ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ

(ނ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، އެސް.އެސް 5 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެ ރޭންކުގައި މަޤާމެއްގައި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.

(ބ) ބިލިންގ އާއި ގުޅުންހުރި މަސައްކަތްތަކާއި، ރީޑިންގ ނެގުމުގެ މަސައްކަތްތައް ކުރެވޭނެ މީހަކު ކަމުގައިވުން.

(ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

ލޭބަރ

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

އެޗް.އާރް ބިލިންގ، ސޭލްސް ކަލެކްޝަން އެންޑް ކްރެޑިޓް ކޮންޓްރޯލް /ބިލްޑިންގ މެއިންޓެނެންސް 

ޑިޕާޓްމަންޓް:

ރ.މާކުރަތު ބްރާންޗް

މަސައްކަތް ކުރަންޖެހޭތަން:

2800ރ. (ދެހާސް އަށްސަތޭކަ ރުފިޔާ)

މުސާރަ:

މުސާރައިގެ %30

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ހާޟިރީ އެލަވަންސް:

މުސާރައިގެ %50

އިތުރުގަޑީގެ އެލަވަންސް:

(ހ) ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސަތްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުން، ނުވަތަ

(ށ) މަޤާމުގެ މަސަތްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.

(ނ) އުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ހެޑް އޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރ.މާކުރަތު ބްރާންޗްއިން ރަސްމީ ދުވަސްތަކުގެ 08:00 - 15:00 އަށް ލިބެންހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތަޢުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ނުވަތަ އީމެއިލްއަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ, އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި 3 މަސް ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

އީމެއިލް އެޑްރެސް: [email protected]

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

21 ޛުލްޤައިދާ 1441

07 ޖުލައި 2020

12 ޖުލައި 2020
ހޯދާ