ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
އޮފީސް އިމާރާތެއް ހޯދުން

ނަންބަރު:   IUL)120/1/2020/31)

އިޢުލާން

 

އޮފީސް އިމާރާތެއް ހޯދުން

          މިޑިޕާޓްމަންޓްގެ މަސައްކަތްތަށް ހިންގުމަށްޓަކައި އޮފީސް އިމާރާތެއް ކުއްޔަށްދިނުމަށް ޝައުޤްވެރިވާ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ އެކަށީގެންވާ ފެންވަރަކަށް ބިނާކޮށްފައިވާ ޢިމާރާތެއް ގިނަވެގެން 3 ފަންގިފިލާއިން 6500 އަކަފޫޓަށް ވުރެ ކުޑަނޫން ޖާގައެއް ދެއްވަން ބޭނުންވާ ފަރާތްތަކުން 2020 ޖުލައި 13 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 2020 ޖުލައި 19 ވާ އާދިއްތަ  ދުވަހުގެ ހެނދުނު 10:00 އަށް މިޑިޕާޓްމަންޓަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި، އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ 2 ގެ 3 ވަނަ ފަންގިފިލާގައެވެ. ބިޑް ހުށަހެޅޭނީ ޕްރީބިޑް މީޓިންގއަށް ޙާޒިރުވާ  ފަރާތްތަކަށް އެކަންޏެވެ.

         18 ޛުލްޤައިދާ 1441

         09  ޖުލައި  2020    

 

 

 

09 ޖުލައި 2020
ހޯދާ