މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
އިނިޝިއޭޓިވް ފޯރ ކްލައިމެޓް އެކްޝަން ޓްރާންސްޕޭރެންސީ (އައިކެޓް)

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް (އެމް.އީ) އިން ޔުނައިޓެޑް ނޭޝަންސް އެންވަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ޑީ.ޓީ.ޔޫ ޕާރޓްނާޝިޕް އާއި ގުޅިގެން 'އިނިޝިއޭޓިވް ފޯރ ކްލައިމެޓް އެކްޝަން ޓްރާންސްޕޭރެންސީ (އައިކެޓް) ' ނަމުގައި ދަނީ މަޝްރޫޢު އެއް ހިންގަމުންނެވެ. މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތޮން ރާއްޖެއިން ތައްޔާރުކުރާ ރިޕޯރޓުތަކަށް ބޭނުންވާ ގްރީން ހައުސް ގޭސް އިންވެންޓްރީގައި ހިމެނޭ ބައިތަކުގެ ތެރެއިން، ކުނި މެނޭޖުކުރުމާއި ބެހޭ މައުލޫމާތު އެއްކޮށް އެމަސައްކަތް ހަރުދަނާ ކުރުމެވެ.

މިދެންނެވުނު މަޝްރޫޢު ދަށުން ރާއްޖޭގެ ކުނީގެ ހާލަތު ބަޔާން ކުރާ ރިޕޯޓަކާއި، ކުނީގެ މައުލޫމާތު އެއްކުރުމަށް ބޭނުންވާ އުސޫތަކާއި މިންގަނޑުތައް އެކުލަވާލުމަށާއި، އަދި 10 ރަށެއްގައި ވޭސްޓް އޮޑިޓް ތައްޔާރުކޮށް ދިމުނުމަށް ކޮންސަލްޓެންސީ ފާރމެއް ހޯދުމަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު ހިމެނިފައިވާ ޓާރމްސް އޮފް ރެފަރެންސްގައި ބަޔާންކޮށްފައިވާ ގޮތަށް ބީލަން ހުށައެޅުއްވުމަށް ދަންނަވަމެވެ.

ބީލަން ހުޅުވުން

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 19 ޖުލައި 2020  ވާ އާދިއްތަ ދުވަހު 11:00 ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިއުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

އިނިޝިއޭޓިވް ފޯރ ކްލައިމެޓް އެކްޝަން ޓްރާންސްޕޭރެންސީ

 އިޢުލާނު ނަންބަރު: (IUL)438-CCD/438/2020/119

 

 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.

09 ޖުލައި 2020
ހޯދާ