ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖަނަވާރު ގެންގުޅޭ ފަރާތްތަކުން ދަފްތަރުގައި ރަޖިސްޓްރީވުމާ ގުޅޭ

ވަންދޫގައި ޖަނަވާރާއި ދޫނި ސޫފާ ސޫފި ގެންގުޅުން ހަމަހަމަ އުސޫލެއްގެމަތީން ގެންގުޅުމުގެ ހުއްދަ ދިނުމަށްޓަކައި މިހިނދަށް ޖަނަވާރު ގެންގުޅެމުން ގެންދާ ފަރާތްތަކާއި ގެންގުޅުމަށް ޝައުގުވެރިވާ ފަރާތްތައް ކައުންސިލްގައި ރަޖިސްޓްރީކުރުމަށް ނިންމާފައިވާކަމުގައި ދަންނަވަމެވެ. ވީމާ، ވަންދޫގައި ޖަނަވާރު ގެންގުޅެން ބޭނުންވާ ފަރާތްތަކުން 16 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ ކުރިން ވަންދޫ ކައުންސިލްގެ އިދާރާއަށް ފޯމް ހުށަހެޅުން އެދެމެވެ. ޖަނަވާރު ގެންގުޅެން ރަޖިސްޓްރީ ވުމަށް އެދޭ ފޯމް ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ، ބުދަ، ބުރާސްފަތި، ދުވަހުގެ 10:00 އިން 12:00 ވަންދޫ ކައުންސިލް އިދާރާއިން ލިބެންހުންނާނެކަމުގައި މައުލޫމާތަށްޓަކައި ދެންނެވީމެވެ.

               މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 7980047 ފޯނާގުޅުއްވުންއެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

08 ޖުލައި 2020
ހޯދާ